ކ. މާލެ
|
22 އޮކްޓޯބަރ 2020 | ބުރާސްފަތި 09:53
ވާވޭ ކުންފުނީގެ އިކުއިޕްމެންޓުގެ ރައްކާތެރިކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައި
ވާވޭ ކުންފުނީގެ އިކުއިޕްމެންޓުގެ ރައްކާތެރިކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައި
ރޮއިޓަރސް
ވާވޭގެ އިކުއިޕްމެންޓައް މަނާ ކުރުން
ސްވިޑެނުން ވެސް ވާވޭގެ އިކުއިޕްމެންޓްތައް ބޭނުން ކުރުން ހުއްޓާލަނީ
 
ވާވޭގެ މައްސަލާގައި އެމެރިކާއިން ދަނީ ޔޫރަޕްގެ ގައުމުތަކަށް ޕްރެޝަރު ކުރަމުން
 
އެމެރިކާއިން ވާވޭ އަށް ބޮޑެތި ތުހުމަތުތަކެއް ކުރޭ

ޗައިނާގެ މަޝްހޫރު ފޯނު ޓެކްނޮލޮޖީ ކުންފުނި، ވާވޭގެ އިތުރުން ޒީޓީއީގެ އިކުއިޕްމެންޓުތައް ސްވިޑެން ގައި ބޭނުންކުރުން މަނާކޮށްފިއެވެ.

ސްވިޑެންގެ ޓެލެކޮމް ރެގިއުލޭޓާ ޕީޓީއެސް އިން އަންގާރަ ދުވަހު ބުނީ، އެ ނިންމުން ނިންމާފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގެ އިތުރުން ސަލާމަތީ ހިދުމަތުގެ ލަފާގެ މަތިން ކަމަށެވެ. ސްވިޑަން އިން ސިފަކުރާ ގޮތުން ޗައިނާ އަކީ އެ ގައުމަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ.

ޔޫރަޕްގެ ގައުމުތަކުން ދަނީ އެމެރިކާގެ ޕްރެޝަރާ ހެދި ޗައިނާގެ ކުންފުނިތަކުން އުފައްދާ 5ޖީ ނެޓްވޯކްތައް ހަރުކަށި ކުރަމުންނެވެ. އެމެރިކާއިން ބުނާ ގޮތުގައި ވާވޭ މެދުވެރިކޮށް ޗައިނާ އިން ދަނީ ޖަސޫސް ކުރަމުންނެވެ.

އެމެރިކާއިން މިހާރުވެސް ވަނީ ޗައިނާގެ ވާވޭ ކުންފުންޏާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަލަމުންނެ އެވެ. ވާވޭ އިކުއިޕްމަންޓްތަކުގައި އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ ކޮމްޕޯނަންޓްތައް ބޭނުންކުރުމަކީ މަނާކަމެކެވެ. ވާވޭ ކުންފުންޏާއި ޗައިނާ ސަރުކާރާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން، އެކުންފުންޏަށް ގިނަ ގައުމުތަކަކުން ވަނީ ފިއްތުންތައް ކުރިމަތިކޮށްފައެވެ. މި ތުހުމަތުތައް ވާވެއިން ވަނީ އެތައް ފަހަރެއްގެ މަތިން ދޮގުކޮށްފައެވެ.

ވާވޭގެ އިތުރުން ޒީޓީއީގެ އިކުއިޕްމެންޓުތައް ސްވިޑެން ގައި ބޭނުންކުރުން މަނާކޮށްފައިވާއިރު ވާވޭގެ އިކުއިޕްމަންޓްތަކުގައި ސަލާމަތީގޮތުން ކަންބޮޑުވާންޖެހޭ ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ މާހިރުން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
67%
0%
33%
0%
0%
ކޮމެންޓް