ކ. މާލެ
|
22 އޮކްޓޯބަރ 2020 | ބުރާސްފަތި 11:28
ސައުތް އިންޑިއަން އެކްޓަރ ޕްރަބާސް
ސައުތް އިންޑިއަން އެކްޓަރ ޕްރަބާސް
ސައުތް އިންޑިއަން ފިލްމްސް
ފެންބޮޑުވެ ހާލުގައި ޖެހުނު ފަރާތްތަކަށް ޕްރަބާސްގެ ބޮޑު އެހީތެރިކަމެއް!
 
ޕްރަބާސްގެ އިތުރުން ގިނަ ތަރިންތަކެއް އެހީތެރިވެފައިވޭ
 
3500އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައި

ތެލަންގާނާ ސްޓޭޓްގެ ފެންބޮޑުވި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ބާހޫބަލީގެ އެކްޓަރު ޕްރަބާސް 1.5 ކްރޯޑް ރުޕީސް ހަދިޔާކުރަން ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕްރަބާސްގެ އިތުރުން ސައުތު ފިލްމު އިންޑަސްޓްރީގެ ގިނަ ތަރިންތަކެއް ވަނީ މި ހާދިސާއާއި ގުޅިގެން އެހީ ފޯރުކޮށްދޭނެކަން އިއުލާނު ކޮށްފައެވެ. އެގޮތުން ނާޖަރްޖޫނާ އައްކިނެނީ، ރަވީ ތޭޖާފަދަ ތަރިން މިހާރުވެސް ސީއެމް ރިލީފް ފަންޑަށް ގިނަ އަދަދެއްގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އިންޑިއާގެ ރިޕޯރްޓްތައްް ބުނެއެވެ.

ތެލަންގާނާ ސްޓޭޓްގައި ފެންބޮޑުވި ހާދިސާއާ ގުޅިގެން ބިންގަނޑު ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ 37000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދަންޖެހޭކަމުގައި އެ ސްޓޭޓްގެ ސަރުކާރުންވަނީ ހާމަކޮށްފައެވެ. އަދި މި ހާދިސާއާ ގުޅިގެން ގިނަ ފަރާތްތަކުން ދަނީ އެހީ ފޯރުކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް