ކ. މާލެ
|
21 އޮކްޓޯބަރ 2020 | ބުދަ 23:10
އިނގިރޭސިވިލާތުގައި ކޮވިޑަށް މީހުން ޓެސްޓު ކުރަމުން ދަނިކޮށް
އިނގިރޭސިވިލާތުގައި ކޮވިޑަށް މީހުން ޓެސްޓު ކުރަމުން ދަނިކޮށް
ރޮއިޓަރސް
ކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު
ރެކޯޑް އަދަދަކަށް އިނގިރޭސިވިލާތުން ކޮވިޑަށް މީހުން ޕޮޒިޓިވްވެއްޖެ
 
އެގައުމުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 26،688 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
 
އިނގިރޭސިވިލާތަކީ މުޅި ދުނިޔެއިން 11 ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ގައުމު

އިނގިރޭސިވިލާތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ސިއްހަތާއި ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 26،688 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ 4 އޮކްޓޯބަރުގެ ފަހުން އެ ގައުމުން މި އަދަދަށް މީހުން ޕޮޒިޓިވްވެފައިވާ ދުވަހެހެވެ. 4 އޮކްޓޯބަރުގައި އެ ގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 22،961 އެވެ.

ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އިނގިރޭސިވިލާތުން 191 މީހުން ވަނީ ކޮވިޑް-19 ގެ ބަލީގައި މަރުވެފައެވެ. އަދި 26،688 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އިނގިރޭސިވިލާތަކީ މުޅި ދުނިޔެއިން 11 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 789،299 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިބަލީގައި 44،158 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް