ކ. މާލެ
|
22 އޮކްޓޯބަރ 2020 | ބުރާސްފަތި 11:30
1995ގައި މަޝްހޫރުވި ފިލްމް ދިލްވާލޭ ދުލްހަނިޔާ ލޭޖައެންގޭ
1995ގައި މަޝްހޫރުވި ފިލްމް ދިލްވާލޭ ދުލްހަނިޔާ ލޭޖައެންގޭ
ބޮލީވުޑް
"ދިލްވާލޭ ދުލްހަނިޔާ ލޭޖައެންގެ" އަށް 25 އަހަރު!
 
މިއީ ޝާހްރުކްޚާން އަދި ކާޖޮލްގެ ފިލްމީ ކެރިއަރުގައިވެސް ފާހަގަކޮށްލެވޭ ފިލްމެއް
 
ފިލްމަށް އާންމުންގެ ވަރަށްބޮޑު ތަރުޚީބެއް ލިބިގެންދިޔަ
 
މި ފިލްމަކީ 1995ގައި ނެރެފައިވާ ފިލްމެއް

1995 ވަނަ އަހަރު ރިލީޒްކުރި ޝާހްރުކްޚާނާއި ކާޖޮލްގެ ދިލްވާލޭ ދުލްހަނިޔާ ލޭޖާއެންގޭއަށް އިއްޔެވަނީ، 25 އަހަރު ފުރިފައެވެ. އާންމުކޮށް ބޮލީވުޑުން ފެންނަ ފަދަ ލޯބީގެ ވާހަކައަކަށް ބިނާކޮށް ނެރެފައިވާ މި ފިލްމު ވެގެންދިޔައީ ބޮކްސް އޮފީހުގައި ކާމިޔާބު އާންމުންގެ ބޮޑު ތަރުޚީބެއް ލިބިގެންދިޔަ ފިލްމަކަށެވެ.

މެއިން ރޯލުން ޝާހްރުކް ޚާނާއި ކާޖޮލް ފެނިގެންދިޔަ މި ފިލްމަކީ، މި ދެ ތަރިންގެ އިތުރުން ފިލްމުގެ ޑައިރެކްޓަރ އަދިތްޔާ ޗޯޕްޅާގެ ފިލްމީ ހަޔާތުގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބު ފިލްމެކެވެ.

'ރާޖް' އަދި 'ސިމްރަން' ގެ ނަމުން މިހާރުވެސް ފޭނުން މުޚާތާބުކުރާއިރު، "ފޭވަރިޓް ކަޕްލް" ގެ ގޮތުގައި، ފާހަގަވާން ފެށީ މި ފިލްމަށްފަހުގައެވެ.

25 އަހަރު ފުރުން އިންޑިޔާގައި ފާހަގަކުރަމުންދާއިރު ސޯޝަލް މީޑިއާގައި ފޭނުން ދަނީ ފިލްމުގެ އެކި ކަންކަން ހިއްސާކުރަމުންނެވެ.

މަޝްހޫރު އެކްޓަރު އާމިރު ޚާން ވެސް ވަނީ ޝާހްރުކްޚާނާއި ކާޖޮލްގެ އިތުރުން ދިލްވާލޭ ދުލްހަނިޔާ ލޭޖާއެންގޭގެ މުޅި ޓީމަށް ޝުކުރުގެ އަދާކޮށް މަރުޙަބާގެ ޓްވީޓެއް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް