އަންގާރަ 01 ޑިސެންބަރު 2020
05 ދޮށަ
1442 ރަބީޢުލްއާޚިރު 15
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:19
އިރުއޮއްސޭ 17:53
އިޝާ 19:10
މެންބަރު ރާއީގެ ދައުވަތު މިނިސްޓަރ އިމްރާނަށް

ހޯމް މިނިސްޓަރ އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް ރާއީ ދައުވަތު ދެއްވައިފި

  • ރާއީ ވިދާޅުވީ މިނިސްޓަރުގެ މަސައްކަތް ބަލައިގަންނަ ކަމަށް
  • ވަޒީރު މަސައްކަތް ކުރައްވަނީ އަދާލަތު ޕާޓީގެ މެނިފެސްޓޯއާއި ސަރުކާރުގެ މެނިފެސްޓޯ އަކީ އެކައްޗެއްކަމަށް ވިސްނައިގެން

ކ. މާލެ | 21 އޮކްޓޯބަރ 2020 | ބުދަ 10:27 | 14,991

މެމްބަރު ރާއީ ހޯމް މިނިސްޓަރާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރ އައް ޝެއިހް އިމްރާން އަބްދުﷲ ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ދައުވަތު ދެއްވައިފިއެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ މިނިސްޓަރ އިމްރާން ކުރައްވާ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ.

އެގޮތުން މިނިސްޓަރުގެ މަސައްކަތް ބައްޓަންކޮށްފައިވަނީ، ހޯމް މިނިސްޓަރ ނިސްބަތްވާ އަދާލަތު ޕާޓީގެ ސިޔާސަތުތަކަށް ވުރެ ބޮޑަށް އެމްޑީޕީގެ ސިޔާސަތުތަކުގެ މައްޗަށް ކަމަށެ އެވެ. އޭނާ ވަނީ އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ވަޒީރަށް ދައުވަތު ދެއްވާފައެވެ.

އަޅުގަނޑު އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ކަމަކީ މިނިސްޓަރ ނިސްބަތްވާ އަމިއްލަފުޅު ޕާޓީއަށް ވުރެ އަޅުގަނޑުމެންގެ ޕާޓީގެ ފިކުރަށް އިސްކަންދީގެން މިނިސްޓަރގެ މަސައްކަތް ބައްޓަންކޮށްފައިވާކަން. އެހެންވެ އަޅުގަނޑުގެ ދާއިރާގެ ނަމުގަ އާއި އަމިއްލަ ނަމުގަ މިނިސްޓަރަށް ޝުކުރު އަދާކުރަން. އަދި އަޅުގަނޑު އެންމެ އަވަހަށް ދެކެން ބޭނުންވަނީ މިނިސްޓަރ އެމްޑީޕީއާ ސޮއިކުރާނެ ދުވަހެއް. އަޅުގަނޑު އެކަމަށް މަރުހަބާ ކިޔާނަން.

~ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

މިހެން ވިދާޅުވުމުން މިނިސްޓަރ ވަނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއް މަސައްކަތް ކުރަމުންދަނީ އެއް އަމާޒަކަށް ކަމަށާއި މަސައްކަތްކުރައްވަނީ ނިސްބަތްވާ ޕާޓީގެ މެނިފެސްޓޯއާއި ސަރުކާރުގެ މެނިފެސްޓޯ އަކީ އެކައްޗެއްކަމަށް ވިސްނައިގެން ކަމަށެވެ.

އެހެންކަމުން އަޅުގަނޑު ހިމެނޭ ޕާޓީ، ނިސްބަތްވާ ޕާޓީގެ މެނިފެސްޓޯއާއި އަޅުގަނޑުމެން މިއަދު ހިންގާ ސަރުކާރުގެ މެނިފެސްޓޯ އެކައްޗެއްގެ ގޮތުގައި ގަބޫލުކޮށްގެން އަޅުގަނޑުމެން ކުރިއަށް މިދަނީ. އެހެންވީމާ މި ނަތީޖާ ހާސިލު ކުރާނީ އަޅުގަނޑުމެން އެންމެން އެކުގައި. މި ނަތީޖާއިން ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދާދިނުމުގެ އުފާ އަޅުގަނޑުމެންނަށް ލިބޭނީ އެންމެން އެކުގައި. އަޅުގަނޑު މިހުރީ އެކުގައި. ތިބޭފުޅުންނާއި އެކު ކުރިއަށް ދިއުމަށް ތައްޔާރަށް

~ ހޯމް މިނިސްޓަރ އައް ޝެއިހް އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އިމްރާން ނިސްބަތްވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށެވެ. އޭނާ އަކީ އެ ޕާޓީގެ ރައީސް ވެސް މެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ނާޒުމީ ސައީދު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.