ކ. މާލެ
|
21 އޮކްޓޯބަރ 2020 | ބުދަ 01:43
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓަރު އިސްތިއުފާ ދެއްވުން
ރައީސްއާ މަޝްވަރާ ކުރެއްވުމަށް ފަހު، އަމީން އިސްތިއުފާ ދެއްވައިފި
 
އިސްތިއުފާގެ ސިޓީގައި އަމީން ވިދާޅުވީ، "އަޅުގަނޑު މަގާމުން ދުރުކުރުމަށް، ވާންކުރާކުރުމަކީ، ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކޭ" ކަމަށް
 
މިއީ ރައީސް ސޯލިހުއަށް އަމާޒު ކުރި ހަމަލާއެއް ކަމަށް ދޭހަވާ ވާހަކަތައް ސިޓީގައި ބަޔާން ކޮށްފައިވޭ
 
އަމީންގެ އިތުބާރު ނެތްކަމުގެ މައްޗަށް ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވޭ

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ އަންގާރަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވައިފައެވެ. އަމީން މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް 24 މެމްބަރުންގެ ސޮޔާ އެކު ވައްދާފައި ވަނިކޮށެވެ.

އިސްތިއުފާގެ ސިޓީގައި މިނިސްޓަރ އަމީން ވަނީ، މަޤާމުގައި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކޮށް ހެޔޮ ބަދަލު ގެނައުމަށް މަސައްކަތް ކުރުމަށް ދެއްވި ފުރުޞަތަށް ޝުކުރު އަދާކުރައްވާފައެވެ. ވަކިން ޚާއްސަކޮށް އަތޮޅުތެރޭގެ ރައްޔިތުންނަށް ދިރިއުޅޭ ސަރަހައްދަކުން ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށިފައިވާ މަސައްކަތަކާއި ޚިދުމަތް ލާމަރުކަޒީ ކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބެމުންދާ ކުރިއެރުން ސިޓީގައި ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން، ކޮވިޑްގެ ބަލިމަޑުކަމުން ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ތައުރީފް ހައްގު މަސައްކަތެއް ކަމަށާއި އެ މަސައްކަތުގައި އިސްދައުރެއް އަދާކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރެވުނީތީ އެކަމާއި ފަހުރުވެރިވާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީގެ އެންމެހާ މުވައްޒަފުންނާއި އެންމެހާ ސިއްހީ ޚިދުމަތްތެރިން ކުރައްވަމުން ގެންދަވާ ބުރަ މަސްކަތަށް އަމީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިސްތިއުފާގެ ސިޓީގައި އިތުރަށް ވަނީ، ކޮވިޑާއިއެކު ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހެކަން ފާހަގަކޮށް، ރާއްޖެއަކީ ސިޔާސީ ގޮތުން ހަލަބޮލި ވާދަވެރިކަން ވެސް ބޮޑު ޤައުމެއް ކަމަށް ވިދާޅުވެ، ޒަމާނުއްސުރެ އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ޤައުމަށް ލިބެންޖެހޭ ހަގީގީ ކުރިއެރުމަށް އެތައް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ވެރިކަމުގެ އުއްމީދުގުޅިފައިވަނީ އަންނަން އޮތް އެތައް ޖީލައްކަން ފާހަގަކޮށް މިކަމަށް ހުރަސް އެޅުމަށް، ޢުއްމީދު ނެތިކޮށްލުމަށް އަދި މަނިކުފާނު ބަލިކޮށްލުމަށް ރޭވުންތެރި މަސައްކަތްތައް އަމާޒުވާކަން ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި، ހަގީގަތެއް އަދި އަސާސެއް ނެތް ކަންކަމުގެ ވަސްވާހުގައި ސަރުކާރު ބަލިކޮށްލުމަށް މަސައްކަތް ހިނގާ
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

މަޤާމުން ދުރުކުރުމަށް، ވާންކުރާކުރުމަކީ، ކޮންމެހެން އެ މަނިކުފާނަށް އަމާޒުވާ އެތި ފަހަރެއް ކަމަކަށް ނުދެކޭ ކަމަށް ވިދާޅުވެ، އަމީން ވަނީ ރައީސް ސޯލިހާ މަޝްވަރާތަކެއް ކުރެވުނު ކަމަށް ވިދާޅުވެފައެވެ. އަދި އިސްތިއުފާ ދެއްވީ އެއީ މި ހާލަތުގައި އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމުގައި ދެކޭތީ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީންގެ އިސްތިއުފާއާ ގުޅޭ މައްސަލަ ފެންމަތިވީ ކޮވިޑް-19 އާ ގުޅިގެން ކުރެވުނު ހަރަދުތަކުގެ އޮޑިޓް ރިޕޯޓް އާންމުކުރި ހިސާބުންނެވެ. އެ ހިސާބުން އޭސީސީން މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ އިރު، މިއީ ކުރިން އޭސީސީން ބެލުމަށް ފަހު ކޮރަޕްޝަނުގެ އަމަލެއް ނުހިމެނޭ ކަމަށް ނިންމާފައިވާ މައްސަލައެއް ކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ދުބާއީގެ އެގްޒިކިއުޓަރސް ކުންފުނިން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ނިންމާ، ހެލްތް މިނިސްޓަރ އަމީން ހިމެނި ވަޑައިގަންނަވާ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ މި މައްސަލައިގައި ޖިނާއީ ދައުވާއެއް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ މައްސަލަ އަންބުރާ ފޮނުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
13%
53%
13%
13%
0%
7%
ކޮމެންޓް
22 އޮކްޓޯބަރ 2020 | ބުރާސްފަތި 04:27
މުހަންމަދު.
ކޮވިޑް ފެތުރުނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން. ކޮން ތައުރީފެކޭ ކިޔާކަށް، މިނަށްވުރެ ޖާހިލުވީމަ ކިޔޭނުކިޔޭ ނޭގެނީ.