ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 23:59
މެޓަލް ވާރސް މޯލްޑިވްސް މުބާރާތުގެ ޕޯސްޓަރ
މެޓަލް ވާރސް މޯލްޑިވްސް މުބާރާތުގެ ޕޯސްޓަރ
ސޯޝަލް މީޑިއާ
މެޓަލް ވާރސް މޯލްޑިވްސް
މެޓަލް ވާރސް މޯލްޑިވްސްއިން ހެވީ މެޓަލް މުބާރާތެއް ބާއްވަނީ
 
މި މުބާރާތުގައި މިހާތަނަށް 7 ބޭންޑަކުން ވަނީ ބައިވެރިވެފައި
 
މިއީ މިފަދަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު

މެޓަލް ވާރސް މޯލްޑިވްސްއިން ހުޅުވާލާއިގެން ރާއްޖޭގެ މެޓަލް ބޭންޑްތަކަށް ހެވީ މެޓަލް މުބާރާތެއް ބާއްވަން ނިންމާފިއެވެ.

މެޓަލް ވާރސް މޯލްޑިވްސްއިން ބުނީ މި މުބާރާތް ބާއްވަން ނިންމީ ދިވެހި ހެވީ މެޓަލް އައު ލަވަތަކެއް ނެރުމުގެ މަގުސަދުގައި ކަމަށާއި، މި މުބާރާތުގައި މިހާތަނަށް 7 ބޭންޑަކުން ބައިވެރިވެފައިވާ ކަމަށެވެ.

މި މުބާރާތް ކާމިޔާބުކުރާ ބޭންޑަކަށް 38،000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާ ކަމަށާއި، އޭގެ ތެރޭގައި ތިން މަސް ދުވަހަށް ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށް ސްޓޫޑިއޯ އެއް ދިނުމާއި، ޕްރޮފެޝަނަލީ މެޓަލް ލަވަތައް ރެކޯޑް ކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން ލައިވް ޝޯވ އެއް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މެޓަލް ވާރސް މޯލްޑިވްސްއިން ބާއްވާ މުބާރާތުގެ ޕޯސްޓަރ

މެޓަލް ވާރސް ވޯލްޑްސްއިން އިތުރަށް ބުނީ މިފަދަ މުބާރާތެއް އިންތިޒާމުކޮށް ކުރިޔަށް ގެންދަނީ މެޓަލް މިއުޒިކް ކުޅެމުން އަންނަ ބޭންޑްތަކުގެ އެއްބާރުލުމާއިއެކުގައި ކަމަށާއި، މި މުބާރާތުގެ ޖަޖުންނަކީ މެޓަލް މިއުޒިކްގައި ފުންނާބު އުސް ފަރާތްތަކެއް ކަމަށެވެ.

މިއީ މިފަދަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
88%
0%
6%
6%
0%
ކޮމެންޓް