އަންގާރަ 01 ޑިސެންބަރު 2020
05 ދޮށަ
1442 ރަބީޢުލްއާޚިރު 15
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:19
އިރުއޮއްސޭ 17:53
އިޝާ 19:10
މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާހެއް ނުވި

  • އެ މައްސަލަ ހިމަނާފައިވަނީ އަންގާރަ ދުވަހު އެޖެންޑާ ކުރި މައްސަލަތަކުގެ ތެރޭގައި
  • އުސޫލެއް ހަދައި ޕާލިމެންޓަރީ ގްރޫޕުގެ ޤަވާއިދުގައި ހިމެނުމަށްވެސް ހުށައެޅި
  • އެއްކޮޅަށް ވޯޓު ދެއްވީ ޕާލިމެންޓަރީ ގްރޫޕުގެ 58 މެމްބަރުންގެ ތެރެއިން 31 މެމްބަރުން

ކ. މާލެ | 20 އޮކްޓޯބަރ 2020 | އަންގާރަ 16:25 | 14,232

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއް ކުރިއަށްދަނީ - ރާއްޖެއެމްވީ

ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާހެއް ނުވިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އަންގާރަ ދުވަހު އެޖެންޑާ ކުރި މައްސަލަތަކުގެ ތެރޭގައި މިނިސްޓަރ އަމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅުމާއިމެދު ގޮތެއް ނިންމުން ހިމެނެއެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅަން ނުފެންނަ ކަމަށް ވޯޓު ޕާލިމެންޓަރީ ގްރޫޕުގެ 58 މެމްބަރުންގެ ތެރެއިން 31 މެމްބަރުންނެވެ.

އޭގެ އިތުރުން، މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި މަޝްވަރާ ކުރުމާއި، މިފަދަ ކަންކަމުގައި އަމަލު ކުރާނެ އުސޫލެއް ހަދައި ޕާލިމެންޓަރީ ގްރޫޕުގެ ޤަވާއިދުގައި ހިމެނުމަށް ހުށައެޅި ހުށައެޅުންވެސް ފާސްވެފައެއް ނުވެއެވެ.

ދުބާއީ ކުންފުންޏަކުން ވެންޓިލޭޓަރުތަކެއް ގެނައުމުގައި ހެލްތް މިނިސްޓަރ އަމީން މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެ މައްސަލަ ބެލުމަށް ފަހު އޭސީސީން ވަނީ ދައުވާ ކުރަން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ، ޕީޖީ އޮފީހުން ވަނީ މި މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ވެންޓިލޭޓަރުތައް ގެނެއައުމަށް ދުބާއީ ކުންފުންޏާ ހަވާލު ކުރުމުގައި އިޖުރާއީ މައްސަލަތަކެއް ފާހަގ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.