އަންގާރަ 01 ޑިސެންބަރު 2020
05 ދޮށަ
1442 ރަބީޢުލްއާޚިރު 15
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:19
އިރުއޮއްސޭ 17:53
އިޝާ 19:10
ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތައް ފަރުމާކުރުން

ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތައް ފަރުމާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

  • މި މަސައްކަތް ކުރިއަތް ގެންދަން ހަމަޖެހިފައިވަނީ ޓިވެޓްއާއި ގުޅިގެން

ކ. މާލެ | 20 އޮކްޓޯބަރ 2020 | އަންގާރަ 14:05 | 3,468

ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތައް ފަރުމާކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން - ރާއްޖެއެމްވީ

ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތައް ފަރުމާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

‏ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތައް ފަރުމާކުރުމަށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އާއި ދެމެދު ވަނީ މިއެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަންގާރަ ދުވަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެންވަޔަރަންމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. އަދި އެމް.އައި.ޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމް އެވެ.

މި އެއްބަސްވުމުގެ ދަށުން، ތައްޔާރުކުރުމަށް ރޭވިފައިވަނީ ފެނާއި ނަރުދަމާގެ ދާއިރާގެ ސެޓްފިކެޓް ލެވެލް 3 އަދި 4ގެ ކޯސްތަކެކެވެ. އެގޮތުން ހިންގޭ ކޯސްތަކުގެ ތެރޭގައި ޕްލަމިންގ، ސުވަރޭޖް ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް، ވޯޓާ ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް އަދި ފެން ޓެސްޓުކުރާ ލެބޯޓްރީ ޓެކްނީޝަންސް ހިމެނެއެވެ.

މި މަސައްކަތް ކުރިއަތް ގެންދަން ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އަދި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް) އާއި ގުޅިގެންނެވެ.

އެގޮތުން މި އެއްބަސް ވުމުގެ ދަށުން ސްޓޭންޑަރޑް އެކުލަވާލާ ކޯސް މެޓީރިއަލްސް އަށް ތައްޔާރުކުރެވިގެން ދާނެއެވެ. މީގެ އިތުރުން ކޯސްތައް އެކުލަވާލުމަށް ފަހު ފެނާއި ނަރުދަމާގެ ޔޫޓިލިޓީ ހިދުމަތްދޭ ރަށްތަކަށް މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މިކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑަށް ފެތޭނެ ގޮތަށް ފަރުމާކުރެވޭނެ ކޯސްތަކަކަށް ވުމުން މިއީ އެދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަންނީ ގާބިލްކަން އިތުރު ކުރަން ލިބޭނެ ފުރުސަތަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީއޮފް އެންވަޔަރަމެންޓުން ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ނާޒުމީ ސައީދު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.