ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 14:00
އައްޑޫ ސިޓީ - އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން
އައްޑޫ ސިޓީ - އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން
މިހާރު
އައްޑޫ ސިޓީ މާރާމާރީ
އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
 
އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގަ ދަނީ ފަރުވާދެމުން

އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައިވާ މައްސަލައިގައި ކޯޓު އަމުއްރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފިއެވެ.

ހޯމަ ދުވަހުގެ ހަވީރު ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކަތިވަޅީގެ ހަމަލާގައި ޒަޚަމްވި ޒުވާނާގެ އަތުގެ ދެ އިނގިލި ބުރިވެފައިވާއިރު، އުނަގަނޑާއި، ފަޔާއި ބުރަކަށްޓަށް ވެސް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް މި ޒަހަމް ތަކާއެކުވެސް އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
100%
0%
0%
0%
0%
0%
ކޮމެންޓް