ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 13:57
އެޗްޑީ ކޮލިޓީގައި ގިނަ ޗެނަލްތަކެއް ބެލުންތެރިންނާއި ހަމައަށް ފޯރުކޮށްދޭ
އެޗްޑީ ކޮލިޓީގައި ގިނަ ޗެނަލްތަކެއް ބެލުންތެރިންނާއި ހަމައަށް ފޯރުކޮށްދޭ
ދިރާގު
ދިރާގު ޓީވީގެ ޚިދުމަތްތައް
100 އަށް ވުރެ ގިނަ ޗެނަލްއާއި އެކު ދިރާގު ޓީވީގެ އަގު އެންމެ 450 ރުފިޔާ އަށް!
 
މިޕްރޮމޯޝަން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ކުރިއަށްދާނެ

ދިރާގު ޓީވީގެ ޕްރޮމޯޝަން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

އެގޮތުން މިހާރު ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އެންމެ 450 ރުފިޔާ އަށް ލިބިގެންދާނެއެވެ.

އެހެންކަމުން މިއީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ފިލްމުތަކާ، ޑްރާމާ ތަކާއި، މުނިފޫހިފިލުވުމުގެ އެކި އެކި ޕްރޮގުރާމްތައް 100 އަށްވުރެ ގިނަ ޗެނަލުން ހެޔޮ އަގެއްގައި ބަލާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީގައި މިހާރު ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު ޓީވީ ޗެނަލްތައް ކަމަށްވާ ސްޓާ ގެ ޗެނަލްތަކާއި މުޅިން އާ ޒީ ގެ ޗެނަލްތައްވެސް ލިބޭނެއެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ޚިދުމަތެވެ.

ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %73 ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީ ފޯރުކޮށްދީފައިއެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
57%
0%
14%
14%
14%
ކޮމެންޓް