ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 12:24
އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) - އޭސީސީން އެކަން ކޮށްފައިވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވި
އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) - އޭސީސީން އެކަން ކޮށްފައިވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވި
މުހައްމަދު ޝަރުހާން
އޭސީސީން އުސޫލާ ޚިލާފަށް ކަންކަން ކުރުން
ވަކި މަންފާއެއް ޙާސިލު ކުރުމަށް އޭސީސީން އުސޫލުތަކަށް ބަދަލުގެނައި ކަމުގެ ބޮޑެތި ތުހުމަތުތަކެއް!
 
އުސޫލަށް ބަދަލު ގެނެސްފައިވަނީ ނާޖައިޒް މަންފާ ލިބޭގޮތަށް ކަމަށް މައުލޫމާތު ލިބޭ
 
ފަހުން އަނެއްކާވެސް ވަނީ ބޮންޑުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި
 
1 އަހަރުގެ ބޮންޑުގެ ބާކީ އޮތް 6 މަސް ބާ ކައުންސިލަށް ބަދަލު ކުރުމަށް ފުރަތަމަ ނިންމި

އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ)ގެ ލީގަލް ހެޑުގެ ވަޒީފާގައި ކުރިން ހުންނެވި ފަރާތް ވަޒީފާ ބާ ކައުންސިލަށް ބަދަލުކޮށްދީފައިވަނީ އުސޫލާ ޚިލާފަށް ކަމަށް އިތުބާރު ހުރި މަސްދަރަކުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކަން ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެގޮތުން އޭސީސީގެ އުސޫލުތަށް އޮންނަ ގޮތުން ވަކި މުއްދަތެއްގެ ޓްރެއިނިން އެއް ފުރިހަމަ ކުރުމަށްފަހު، ބޮންޑު މުއްދަތުތަކެއް ފުރި ހަމަ ކުރަންޖެހެއެވެ. އެހެން ނަމަވެސް، އޭނާ ބާ ކައުންސިލަށް ބަދަލުވުމުގައި އެސީސީން ވަނީ އެ އުސޫލަތަކަށް ބަދަލުގެނެސް، އެކަމުގައި މަގުފަހިވާ ގޮތަށް ގިނަ ކަންކަން ކޮށްފައެވެ.

އެގޮތުން އެކަމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އޭނާ ޗައިނާގައި އެއްމަސް ދުވަހުގެ ޓްރެއިނިންގައި ބައިވެރިވުމުން ފުރިހަމަ ކުރަންޖެހޭ 1 އަހަރުގެ ބޮންޑުގެ ބާކީ އޮތް 6 މަސް ބާ ކައުންސިލަށް ބަދަލު ކުރުމަށް މެންބަރުންގެ ބައްދަލުވުމަކުން އޭރު ނިންމިއެވެ. ނަމަވެސް ފަހުން އަނެއްކާވެސް ވަނީ ބޮންޑުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އޭނާގެ ބޮންޑުގެ މުއްދަތު ކުރުކޮށްފައެވެ. އަދި މިކަމުގައި އުސޫލަށް ބަދަލު ގެނެސްފައިވަނީ އޭސީސީ އަށް ނާޖައިޒް މަންފާ ލިބޭގޮތަށް ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ.

މިބަދަލަކީ ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތް ކުރުމާބެހޭ ޤާނޫނު 29/78 އާ ހިލާފު ބަދަލެކެވެ. އެ ޤާނޫނުގައި ބުނަނީ 3 މަސްދުވަހަށްވުރެ ކުރު މުއްދަތެއްގެ ޓެރެއިނިން އެއްނަމަ 1 އަހަރު ހިދުމަތް ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ބަދަލު ގެނެސްފައިވާ އުސޫލުގައި ވަނީ 1 މަސްދުވަހުގެ ޓްރެއިނިންއެއް ނަމަ 6 މަސްދުވަހު ބޮންޑު މުއްދަތަކަށް ބަދަލުކޮށްފައެވެ.

މި ބަދަލާއެކީގައި ބޮންޑު ނިމުމުން އޭނާ ވަނީ ބާ ކައުންސިލްގެ ޖެނެރަލް ކައުންސިލަރ ގެ މަޤާމަށް ބަދަލުވެފައެވެ. އެގޮތުން އޭނާގެ ވަޒީފާ ބާ ކައުންސިލަށް ބަދަލުކުރުމަށް އޭސީސީން އުސޫލަށް ބަދަލު ގެނަސްފައިވާއިރު، އެހެން މުވައްޒަފުން އެދުމުން އޭސީސީން ބުނެފައިވަނީ، އުސޫލު ބަދަލުކުރާނަމަ މުޅި އުސޫލު ބަދަލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގިނަ މުވައްޒަފުންތަކެއްގެ މަތީ ތަޢުލީމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އޭނާ އޭސީސީ އިން ވަކިވުމާ ހަމައަށް ހުރީ އޭސީސީގެ ލީގަލް ޑިޕާރޓްމަންޓުގެ ހެޑްގެ މަޤާމުގައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އޭސީސީއަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް