ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 13:33
ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ
ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ
އެމްޓީސީސީ
ލ.ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއު
ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢު، މަސައްކަތް ނިންމާލުމަށް ބާރު ސްޕީޑުގައި ކުރިއަށް!
 
މިއީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއެއް
 
އެރަށު މަގުތަކުގެ 3.5 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅާނެ
 
މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދޭ

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، މިހާރު 64 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން އެ ރަށު މަގުތަކުގެ 3.5 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މަސައްކަތް ހަވާލުކުރެވިފައިވާ ތާރީހަަށް ނިންމާލުމަށްޓަކައި ވަރަށް ބާރަށް މަަސައްކަތް ކުރިއަށްގެންދާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އަދި މިވަގުތު 5200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ތެރެއިން މަގުގައި ހުރި ގާތައް ނެގުމުގެ މަސައްކަތާއި މަގު އެއްވަރުކުރުމާއި އަދި ސަބް ގްރޭޑިންގ ގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ފޮނަދޫގެ 12 މަގެއްގައި 27,848 އަކަ މީޓަރުގެ ތާރު އަޅާނެ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން ރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަަމަށާއި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑް ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއުކެވެ.

މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ޖޫން 26 ގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް