ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 14:17
އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ
އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ
އަލްޖަޒީރާ
މައިކް ޕޮމްޕިއޯ ރާއްޖެ ވަޑައިގަންނަވަނީ
ޕޮމްޕިއޯ ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގަންނަވަނީ!
 
ޕޮމްޕިއޯ ރާއްޖެ ވަޑައިގަންނަވާ ތާރީހެއް ހާމައެއް ނުކުރޭ

އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރަސްމީ ދަތުރުފުޅެއްގައި ފުރަަތަމަ ފަހަރު ރާއްޖެ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަަމަށް ބޭރުގެ ނޫސްތަކުން ބުނެފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން އެމެރިކާގެ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް ޕޮމްޕިއޯ ރާއްޖެ އަށް ވަޑައިގަންނަވަނީ އެކުވެރި އިންޑިއާގެ އިތުރުން ސްރީލަންކާ އަށް ކުރައްވާ ދަތުރުފުޅުގައެވެ.

ޕޮމްޕިއޯ ރާއްޖެ އަށް ޒިޔާރަތް ކުރެއްވުމާއި ގުޅޭ ގޮތުން ފޮރިންގ މިނިސްޓްރީގެ ބަހެއްް ހޯދާލަން ގުޅާލުމުން ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ، ބޭރުގެ ގައުމުތަކުން ރާއްޖެ އަށް ޒިޔާރަތްކުރާ ވަފްދުތަކުގެ މައުލޫމާތު އާއްމު ކުރާނީ ދަތުރުތައް ހަމަޖެހުމުން ކަމަށެވެ. މި ސަރުކާރުން ހުރިހާ ގައުމުތަކަކުން އަންނަ ފަރާތްތަކަށްވެސް މަރުހަަބާ ކިޔާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ޕޮމްޕިއޯ ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާނެ ކަމުގެ ރިޕޯޓްތައް ކޮށްފައިވާއިރު، ފޮރިންގ މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި ޕޮމްޕިއޯއާ ބައްދަލުކުރައްވާފައެވެ. ދާދި ފަހުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެމެރިކާ އަށް ކުރެއްވި ދަތުރުފުޅެއް ގައި ވަނީ ރާއްޖެއާ އެމެރިކާއާ ދެމެދު ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދެ ގައުމުގެ ސަރުކާރުން ގުޅިގެން ފްރޭމްވާރކެއް ވަނީ އެކުލަވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
50%
0%
50%
0%
0%
ކޮމެންޓް