ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 10:14
ވެންޓިލޭޓަރު މައްސަލަައާއި ގުޅިގެން ހެލްތު މިނިސްޓަރ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރުކުރެވުނު
ވެންޓިލޭޓަރު މައްސަލަައާއި ގުޅިގެން ހެލްތު މިނިސްޓަރ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރުކުރެވުނު
މަޖިލިސް
އޮޑިޓް ރިޕޯޓު މައްސަލަ
ވެންޓިލޭޓަރ މައްސަލާގައި ހެލްތު މިނިސްޓަރު ސުލޫކު ކޮމިޓީއަށް ހާޒިރުކުރަނީ
 
މި ބައްދަލުވުން ބޭއްވުމަށް އެޖެންޑާކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 12:00 ގަ
 
17 އޮގަސްޓް 2020 ވަނަ ދުވަހުން ފެށިގެން އަމީން ހުންނެވީ ވަޒީރުގެ މަސައްކަތްތަކުން އެކަހެރިވެވަޑައިގެން

ކޮވިޑް 19-އާއިގުޅޭ މިނިސްޓްރީ އޮފް ހެލްތުގެ ޚަރަދުތަކުގެ ކޮމްޕްލައަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން މަޖިލީހުގެ ސުލޫކު އަދި އިމްތިޔާޒް ކޮމިޓީއަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހާޒިރުކުރުމަށް އަންގާރަ ދުވަހު އެޖެންޑާކޮށްފިއެވެ.

މި ބައްދަލުވުން ބޭއްވުމަށް އެޖެންޑާކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 12:00 ގައެވެ.

އަމީން ހާޒިރުކުރުމަށް ކޮމިޓީން ނިންމީ މި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށެވެ. ސުލޫކު ކޮމިޓީއަށް މިނިސްޓަރ ހާޒިރުކުރާއިރު، ހަމަ މި މައްސަލައާއި ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރުކުރެވުނެވެ.

ކޮމްޕްލައަންސް އޮޑިޓް ރިޕޯޓްގައި ކޮރަޕްޝަންގެ ބޮޑެތި ކަންކަން ވަނީ ފާހަގަކޮށްފައެވެ. ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދޭން ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެނައުމުގައި ހެލްތް މިނިސްޓްރީން އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ރިޕޯޓުގައި ބުނާ ގޮތުން ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ހަމަޖައްސާފައިވާ ކުންފުންޏެއް ނޫނެވެ. ވެންޓިލޭޓަރުގެ އިތުރުން މެޑިކަލް ސާމާނު ގެނައުމުގައި ވެސް އެތައް މިލިއަން ރުފިޔާއެއް މާލިއްޔަތު ގަވާއިދާ ޚިލާފަށް ޚަރަދު ކުރުމާއި ޚަރަދުކުރި ފައިސާ އަށް މުދާ ލިބުނު ކަން ކަށަވަރުނުވާ މައްސަލަ އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން، 17 އޮގަސްޓް 2020 ވަނަ ދުވަހުން ފެށިގެން އަމީން ހުންނެވީ ވަޒީރުގެ މަސައްކަތްތަކުން އެކަހެރިވެވަޑައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
0%
0%
50%
0%
0%
ކޮމެންޓް
20 އޮކްޓޯބަރ 2020 | އަންގާރަ 22:21
ރާގުންޑާ
މަޖަލެއް ނޫން އިނގޭ ވަގު ގުންޑާތަކާ