ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ގައުމީ ޕޭމެންޓް ނިޒާމް

އަންނަ އަހަރުގެ އޮކްޓޯބަރު މަހު ގައުމީ ޕޭމެންޓް ނިޒާމް ގާއިމުކުރެވޭނެ: އެމްއެމްއޭ

  • ލާމަރުކަޒި ކުރުމަށް މި ގާނޫނުގެ ސަބަބުން ވަރަށް ފަސޭހަވެގެންދާނެ
  • މިފަދަ ސިސްޓަމެއް ރާއްޖެއަށް ތައާރަފް ކުރުމަކީ ވަރަށް ކުރީއްސުރެ ވެެސް ކުރުމަށް ގަސްދުކުރެވުނު ކަމެއް
  • މި ގާނޫނުގެ ދަށުން ރެގިއުލޭޝަންތަކާއި އުސޫލުތަކެއް އެކުލަވާލެވޭނެ

ކ. މާލެ | 20 އޮކްޓޯބަރ 2020 | އަންގާރަ 12:26 | 2,813

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަޖިލީހުގެ ޖަލްސާގަ - މަޖިލިސް

ދިވެހިރާއްޖޭގެ ފައިސާއިން ނުވަތަ ބޭރުގެ ފައިސާއަކުން ނަމަވެސް ޕޭމަންޓް އިންސްޓްރަކްޝަންތަކާއި ފައިސާ ޓްރާންސްފަރތައް ފޮނުވުމާއި ލިބުން އަދި ޕްރޮސެސް ކުރުމާއި ގުޅުން ހުރި އެންމެހައި ކަންކަން ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް އަންނަ އަހަރުގެ އޮކްޓޯބަރު މަހު ގާއިމުކުރެވޭނެ ކަމަށް ބެލެވޭ ކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ދިއްދޫ ދާއިރާގެ މެމްބަރ އަބްދުﷲ ވަހީދު ހުށައެޅުއްވި ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ޚިދުމަތްތައް ރެގިޔުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާއި ގުޅޭ ބިލާ ގުޅިގެން އިތުރު މައުލޫމާތު ދެއްވުމަށް މަޖިލީހަށް ވަޑައިގެން، ގަވަރުނަރު ވަނީ މި ބިލުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަދައްކަވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ މި ނިޒާމު ރާއްޖޭގައި ގާއިމުކުރެވުމުން ބޭންކިންގނިޒާމާއި ފައިނޭންޝަލް ޕޭމެންޓުގެ ދާއިރާގެ ކަންކަން އެއް ސިސްޓަމަކަށް ގުޅާލެވިގެންދާނެ ކަމަށެވެ. އަދި މިކަންކަން ލާމަރުކަޒި ކުރުމަށް މި ގާނޫނުގެ ސަބަބުން ވަރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މިސާލަކަށް ރަށެއްގައި ހުރި ހިދުމަތެއް، އެ ރަށުގައި ނުވަތަ އެ ސަރަހައްދެއްގައި ދޭން ބޭނުންވެއްޖެ ނަމަ، މި ސިސްޓަމަށް ގުޅާލުމުން އެއީ މެދު ފަންތީގެ ނުވަތަ ކުޑަ މެދު ފަންތީގެ ބިޒްނަސް އަކަށްވެފައި މިއަށް ގުޅާލަން ފަސޭހަވާނެ، މިއަށް ގުޅާލީމަ އެބޭފުޅުންނަށް އެކްސެސް ވާނެ މުޅި ފައިނޭންޝަލް ދާއިރާގެ ސިސްޓަމްއަށް، އޭގެ މާނައަކީ ބޭންކިންގް ނިޒާމުގައި ހުރި އެކައުންޓްސް ތައް އޭނާއަށް ފުރިހަމައަށް ފެނި އެއާ މުއާމަލާތް ކުރެވޭނޭ.

~ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް

ހާޝިމް ވިދާޅުވީ މިހާރު ގެންނަން އުޅޭ ޓޭކްނޮލޮޖީއަކީ އެންމެ ތަރައްގީވެފައިވާ ގައުމުތަކުން ބޭނުންކުރާ ޓެކްނޮލޮޖީ ކަމަށެވެ. އަދި މިފަދަ ސިސްޓަމެއް ރާއްޖެއަށް ތައާރަފް ކުރުމަކީ ވަރަށް ކުރީއްސުރެ ވެެސް ކުރުމަށް ގަސްދުކުރެވުނު ކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި މަސައްކަތް ލަސްވެގެންދިޔައީ ކޮވިޑް-19 އާއި ގުޅިގެން ބޯޑަރުތައް ބަންދުކުރެވުމުން ކަމުގެ މާހިރުންނަށް ރާއްޖެ ނާދެވުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް، އަންނަ އަހަރުގެ އޮކްޓޯބަރު މަހު ސިސްޓަމެއް ގާއިމު ކުރެވޭނެ ކަމަށް އަލީ ހާޝިމް ވިދާޅުވިއެވެ.

މިހާރު ކުޑަކޮށް ލަސްވެގެން ދިޔައީ މީގެ މާހިރުން ރާއްޖެއަށް ވަޑައިގަންނަވަން ކޮވިޑް-19އާއި ގުޅިގެން ބޯޑަރު ބަންދުކުރަން ޖެހުމުގެ ސަބަބުން ނާދެވިގެން. އަޅުގަނޑުމެން ގަސްތުކުރަނީ މިއަންނަ އަހަރުގެ އޮކްޓޯބަރު ހިސާބުގަ މީތި ފުލީ ލައިވް ކުރެވޭނެ ކަމަށް.

~ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް

އޭނާ ވިދާޅުވީ މި ގާނޫނުގެ ދަށުން ރެގިއުލޭޝަންތަކާއި އުސޫލުތަކެއް އެކުލަވާލެވޭނެ ކަމަށެވެ. އެއީ އާދައިގެ ރައްޔިތު މީހާއަށްވެސް މި ނިޒާމުގެ ތެރެއިން ލިބެންޖެހޭ ހިދުމަތް ފުރިހަމައަށް ލިބޭނެ ގޮތް ތަނަވަސްކުރުމަށްޓަކައެވެ.

އޭނާ ވިދާޅުވީ މި ޕޭމެންޓް ސިސްޓަމް ރާއްޖެއަށް ގެނައުމަށްފަހު ރާއްޖޭގެ ފައިނޭންޝަލް ނިޒާމާއި އެއްގޮތަށް ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ތިން މަސް ދުވަހު ރާއްޖޭގެ ފައިނޭންޝަލް ނިޒާމު އިވޭލުއޭޓްކުރެވޭނެ ކަމަށެވެ.

މި މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ހިއްސާކުރައްވަމުން ގަވަރުނަރު ވިދާޅުވީ މިހާރު ކުރެވެމުންދަނީ ކޮންޓްރެކްޓް ނެގޯޝިއޭޝަންގެ މަސައްކަތް ކަމަށެވެ. އަދި ނެގޯޝިއޭޝަންގެ މަސައްކަތް އަންނަ ހަފްތާތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.