ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 09:47
މި މައްސަލައިގައި ދައުވާކުރަން އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު
މި މައްސަލައިގައި ދައުވާކުރަން އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު
މަޖިލިސް
ވެންޓިލޭޓަރުތަކާ ގުޅޭ ކޮރަޕްޝަން
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމައި ޕީޖީން މައްސަލަ އަނބުރާ ފޮނުވާލައިފި
 
މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހިއްސާ ކުރައްވާނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދޭ
 
ދައުވާކުރަން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު
 
ހެލްތް މިނިސްޓްރީގެ އިސް އޮފިޝަލުންގެ މައްޗަށް ތުހުމަތު ކުރެވޭ

ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ ހެލްތް މިނިސްޓްރީގެ އިސްވެރިންތަކެއްގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަތަކެއްގެ ތަހުގީގު ނިންމައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލައިގައި ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ޙަވާލުކުރުމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށް ޢަމަލު ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ޕީޖީ އޮފީހުން ދިރާސާ ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމައި، 19 އޮކްޓޫބަރު 2020 ދުވަހު މައްސަލަ ޑިކްލައިން ކޮށްފައިވާ ކަމަށާއި، އެ ނިންމުން ބިނާވެފައިވާ ސަބަބުތަކާއި، މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހިއްސާ ކުރައްވާނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އެގޮތުން އެކަމާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރުމަށް އަންގާރަ ދުވަހު މެންދުރު 13:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުން އެދި ފޮނުވާފައިވަނީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނުގެ އިތުރުން، މައްސަލައިގައި ހިމެނޭ އިތުރު 10 މީހެއްގެ މައްޗަށެވެ.

އޭސީސީން މި މައްސަލައިގައި ދައުވާކުރަން އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
14%
0%
43%
29%
14%
ކޮމެންޓް
20 އޮކްޓޯބަރ 2020 | އަންގާރަ 20:30
ރާގުންޑާ
ހަހަހަހަ ވަގުން ވައްކަން ކޮށްފަ އެކަން ބަލާނެ ކަމަށް ހީކުރީ ކާކު؟ އަދި ލިޔެފިއެއްނު. އެކޮޅޮކޮޅުން އެލުވާފަ ކަލޭމެން ހުރިހާ އާލާތުން އިދިކޮޅަށް ހަން ނޮޅާލިޔަސް ހަމަ އެއްވެސް ކަމެއް ވާނެތަ!
20 އޮކްޓޯބަރ 2020 | އަންގާރަ 11:42
އަހުމަދުކަލޯ
އަމީނު އަތުގަ ހުންނާނެ ކުރިން ޔާމީން ވެރިކަމަށް އަންނަން އުޅުނު އިރު އިންޑިއާ ސަރުކާރުން ނެގި ލާރިގަނޑު އޭގެން ބައެއް ޕީޖީއަށް ދިނީ ކަމަށް ވާނީ
20 އޮކްޓޯބަރ 2020 | އަންގާރަ 10:15
މިއީ ތަ ެއެބުނާ 0 tollerans ައަކީ