ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 02:28
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތައް
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތައް
ރާއްޖެއެމްވީ
ހިޔާ މަޝްރޫޢު
ހިޔާ ފްލެޓްތަކުން ކުލި ނަގާނީ ފިނިޝިންގ މަސައްކަތަށް ވަގުތު ދިނުމަށް ފަހު: އެޗްޑީސީ
 
2021 ވަނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ހައްގުވެރިންނަށް ފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވި
 
މަސައްކަތްތައް ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާކަން ފާހަގަ ކުރެއްވި
 
ފިނިޝިންގ މަަސައްކަތްތައް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ދޭނެކަމަށް ވިދާޅުވި

ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާނީ ފިނިޝިންގ މަސައްކަތް ނިންމަން ވަގުތު ދިނުމަށް ފަހުގައި ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހަށް މަސައްކަތްތައް ނިންމާ، ސަރުކާރުން ކަނޑައަޅާ ފަރާތްތަކާ ފްލެޓްތައް ހަވާލު ކުރާނެ ކަމަށެވެ. އަދި ތަށި މުށި ހަރުކުރުމާއި، ދޮރު ހަރު ކުރުމާއި ބޮކި ހަރު ކުރުމަށް، އެކަށީގެންވާ މުއްދަތެއް ފްލެޓް ލިބޭ ފަރާތްތަކަށް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ވަގުތު ދެވިގެން ދާނެ ކަމަށް ވިދާޅުވި ނަމަވެސް، އެއީ ކިހާ މުއްދަތެއްތޯ ސުހައިލް ވިދާޅެއް ނުވެއެވެ.

ފެބްރުއަރީ މަހުގެ ނިޔަލަށް ފްލެޓްތައް ހައްގުވާ ފަރާތްތަކަށް ލިބުނީމާ އެ ބޭފުޅުންނަށް އަޅުގަނޑުމެން ފުރުސަތެއް ދޭނަން އެބޭފުޅުން ފިނިޝިންގެ މަސައްކަތް ކުރަން އެކަށީގެންވާ މުއްދަތެއް އަޅުގަނޑުމެން ދޭނަން. ފުރަތަމަ ރެންޓެއް ވެސް ނުހިނގާނެ. އެ މަސައްކަތް ނިމުނީމަ ކަނޑައަޅާ މުއްދަތަކަށް ފަހު ދެން ފައިސާ ދައްކަން ޖެހޭނީ. އެ ހިސާބަށް ދާންވާ އިރަށް ވިސްނާލާފައި ރަނގަޅު މުއްދަތެއް އެކަމަށް ދޭނަން.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު

ސުހައިލް ވިދާޅުވީ ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް ފްލެޓްތަކުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެ އަމާޒަށް ވާސިލު ވުމަށް، ފްލެޓްތައް ހަދަމުން ދިޔަ ކޮންޓްރެކްޓަރުންނާއި، އެޗްޑީސީން ދެ ބަޔަކަށް ބަހާލައިގެން މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

މިއީ އަޅުގަނޑުމެން ހަމަ ރެގިއުލަރކޮށް މޮނިޓަރކުރަމުން މި ގެންދަނީ، އެކަންތައްތައް ހަަމަ ޝެޑިއުލްއާއި އެއްގޮތަށް އެބަދޭ، އެއްވެސް ކަހަލަ ދައްޗެއް ދިމާވެއްޖެއްޔާ ކޮންސަރން ފަރާތްތަކާއި ވާހަކަ ދައްކާ އެކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން މިދަނީ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު

ސުހައިލް އިތުރަށް ވިދާޅުވީ ފޭސް 2 އަކީ ގިނަ ބަޔަކު އާބާދުވެގެންދާ ސަރަހައްދަކަށް ވުމާއި އެކު، އެ ސަހައްދުގައި ޕާކިންގ އޭރިއާ އާއި ދެ ބަސް ސްޓޮޕް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ރައްޔިތުން ހިތް ފަސޭހެ ކޮށްލުމަށް ޕާކެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ކުޑަ ސަރަހައްދަކަށް ގާތްގަނޑަކަށް 30،000 މީހުން އަންނައިރުގައި އެތަނުގައި އެބައޮތް ކުރިންވެސް ޕްލޭން ކުރެވިފައި އޮތް ޕާކެއް، އެޕާކު ހެދުމާއި ވަރަށް ގިނަ ވެހިކަލް ތަކެއްވެސް އަންނާނެ، އެހެންވީމާ ވެހިކަލް ޕާކިން އޭރިއާ އަކާއި، މާލެއަށް ދަތުރުކުރާ ބަސް ގާތްގަނޑަކަށް 100 ވަރަކަށް މީހުންނަށް އެއްފަހަރާ މަޑުކޮށްލެވޭ ވަރުގެ ދެ ބަސް ސްޓޮޕްވެސް ޕްލެޓްތައް ކައިރީގައި އެޅުމުގެ މަސައްކަތް ކުރަމުން (ދަނީ)
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަސައްކަތް ހަވާލު ކުރެވުނު ކޮންޓްރެކްޓަރާ އެކު އެތަނުގެ ފިނިޝިންގ މަސައްކަތް ކުރުމަށް އެއްބަސްވެވިފައި ނުވާ ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. އެހެންކަމުން، މި ތަންތަން އާންމުންނާ ހަވާލު ކުރެވިގެން ދާނީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ބަދަލު ނުވެވި ގިނަ ދުވަސްތަކެއް ވަމުން ދިއުމާއި ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ އެކު ސަރުކާރުން އަންނަނީ ފްލެޓްތަކުގެ ހައްގުވެރި ފަރާތްތަށް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައެއް ކެޓެގަރީތަކަށް ޝަރުތު ހަމަވާ މީހުންގެ ނަންތައް ވަނީ އާންމުު ކޮށްފައެވެ.

މި ލިސްޓުތަކަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލުމަށް ފަހު، ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އިއުލާން ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ދާއިމީ ލިސްޓު އިއުލާން ކުރުން ލަސްވެގެން އުޅެނީ، ކޮވިޑްގެ ހާލަތާއި ގުޅިގެން ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބެލުމަށް ހުރަސް އެޅިފައި އޮތުމުން ކަމަށް ފްލެޓް ކޮމިޓީން ވަނީ ހާމަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
42%
24%
0%
25%
5%
3%
ކޮމެންޓް
20 އޮކްޓޯބަރ 2020 | އަންގާރަ 17:53
ހަތަރު ތަނބު ޖަހާފަ ބާކީ ނިންމާ ގޮތަށް ހަވާލު ނުކުރާ ކަން ނަސީބު. ދެ ސަރުކާރެެެއްގެ ކޯޅުމަކީ ރައްޔިތުންނަށް ފުރައްސާރަ ކުރަންޖެހޭ ސަބަބެއްނޫން. ނިމިގެންދާ ސަރުކާރަކުން ބައެއް ނިމި އަނެއްބައި ނުނިމި ހުންނަ ކަން ކަމާއި އަދި އެކަމެއްގަ ދޯހަޅިކަމެއްވާ ކަމެއްވާ ނަމަ އެކަމަކާއި ހިމެނޭގޮތުން ޢެކަން ކަން އިސްލާހުކޮށް ނިންމާ ރައްޔިތުންނާ ހަމަޔަށް ވާސިލު ކުރުން ނޫންތޯ އަލަށް އަންނަ ސަރުކާރެއްގެ ވާޖިބަކީ. ދެން ހަމަ އެމީހުން މިމީހުން އެ ހާސަރު މި ހާސަރު ދަމަންވީ ކީއްކުރަންތޯ. ފިނިޝިން މަސަތްކަތް ޕްރޮޖެޗްކްޓް މަސަތްކަތުގަ ނުހިމެނޭނަމަ ހިމަނަންވީ ނޫންތޯ.
20 އޮކްޓޯބަރ 2020 | އަންގާރަ 06:11
މާލޭގަ , 2 ގޯތިހުރި މީހަކަ ފުލެޓުދީފަ ަަަ ަ ަ