ކ. މާލެ
|
19 އޮކްޓޯބަރ 2020 | ހޯމަ 23:44
ނިއު ޒިލެންޑުގެ ޤާނޫނު ހަދާ މަޖިލިސް
ނިއު ޒިލެންޑުގެ ޤާނޫނު ހަދާ މަޖިލިސް
އޭއޭޕީ
ނިއު ޒީލެންޑުގެ މަޖިލިސް
ނިއު ޒީލެންޑުގެ މަޖިލިސް މިފަހަރު ވަރަށް ތަފާތު، ގިނައީ އަންހެން ކަނބަލުން
 
120 ގޮނޑީގެ ތެރެއިން ދެބައިކުޅަ އެއްބަޔަތްވުރެއް ގިނަ ގޮނޑި ނިސްބަތް ވަނީ އަންހެން ކަނބަލުންނަށް

ނިއު ޒީލެންޑުގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވީ ފިރިހެނުންގެ އަދަދަށް ވުރެ އަންހެނުންގެ އަދަދު އިތުރުވެއްޖެއެވެ.

އެ ގައުމުގައި އެންމެ ފަހުން ބޭއްވި އާންމު އިންތިހާބުގައި، ގާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ދެވަނަ ދައުރަކަށް އެގައުމުގެ ބޮޑު ވަޒީރު ޔަސިންޑާ އަރޑަރން ނިސްބަތްވާ ލޭބަރ ޕާޓީއަށް އެކަނި 64 ގޮނޑި ވަނީ ލިބިފައެވެ.

މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން ދެބައިކުޅަ އެއްބަޔަތްވުރެއް ގިނަ ގޮނޑި ނިސްބަތްވަނީ އަންހެން ކަނބަލުންނަށެވެ. އަދި މީގެ ތެރެއިން 16 ގޮޑި ނިސްބަތް ވަނީ ނިއު ޒީލެންޑަށް އެހެން ހިޖުރަ ކުރި ކަނބަލުންނަށެވެ. އޭގެ ތެރޭގައި ދިވެހި މަންމައަކު ހުންނަ ކަނބަލެއް ކަމުގައިވާ، ޑރ. އައިޝާ ވެރެލް ހިމެނެއެވެ.

ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވާ އިރު ޔަސިންޑާ އަކީ އަބަދުވެސް އަނހެނުންގެ ހައްގުތައް ހިމާޔަތްކޮށް އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަނބަލެކެވެ. އެ ކަމަނާ 2017 ވަނަ އަހަރު ނިއު ޒީލެންޑުގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރުމާ އެކު ވެގެން ގޮސްފައި ވަނީ، ދުނިޔޭގެ އެންމެ ހަގު އަންހެން ބޮޑުވަޒީރަށެވެ. ވެރިކަމާ ހަވާލުވި ޔަސިންޑާގެ އުމުރަކީ 37 އަހަރެވެ.

އިންތިޚާބުންނާއި މަޖިލީހުން ލިބިވަޑައިގެންނެވި ކާމިޔާބީއާ އެކު ޔަސިންޑާ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ނަތީޖާ އެކު ނިއު ޒީލެންޑުން ފާއިތުވި 50 އަހަރު އެ ޕާޓީއަށް ނުދޭވަރުގެ ސަޕޯޓެއް ދީފިކަމަށެވެ. އަދި މި ތާއީދުގެ އަގުވަޒަން ކޮށް، ރައްޔިތުންނަށް ހިދުމަތް ކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ޔަސިންޑާ ވަނީ އަރުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
50%
0%
0%
0%
ކޮމެންޓް
20 އޮކްޓޯބަރ 2020 | އަންގާރަ 00:44
ހޯލީ
ޢެންމެ ގިނައީ ކުޅިވަރު ކުޅުމަށް ލޯބިކުރާ، ވަކާލާތުކުރާ އަންހެން އަންހެނުން