ކ. މާލެ
|
19 އޮކްޓޯބަރ 2020 | ހޯމަ 12:47
ޕީއެންސީގެ ލީޑަރު އަބްދުއްރަޙީމާއި އޭނާގެ ފިރިހެން ދަރި ފައިސަލް
ޕީއެންސީގެ ލީޑަރު އަބްދުއްރަޙީމާއި އޭނާގެ ފިރިހެން ދަރި ފައިސަލް
ފޭސްބުކް
ސިޔާސީ ދުނިޔެ
ފޮނަދޫ ރައްޔިތަކު އަދުރޭއަށް ފޮނުވި އެއްގަނޑު ސިޓީ
 
އަމިއްލަ ޕްރީ ސްކޫލު ނަމުގައި ސަރުކާރުން އެތައް ލާރިއެއް ނަގާފައިވޭ
 
11 ގަނޑު ޓިނު ވަގަށް ނަގައިގެން ރަށަކަށް އަރުވާލެވުނު
 
ސިޔާސީ މައިދާނަށް ނުކުތުމުގެ ކުރިން އުޅުއްވި ކޮންމެ ތާކުން ބޮޑުތަނުން ޚިޔާނާތްތެރިވި

އިއްޒަތްތެރި އަދުރޭއަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މިއަދު ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އަދުރޭ އަކީ އަސްލު ކާކުކަން ނޭނގި ދާނެއެވެ. ހަމަ އެހެންމެ އަދުރޭ އަކީ ރާއްޖޭގެ މުއްސަނދިންގެ ތެރޭ ގުނާލެވޭ މީހެއްކަން ވެސް މި ބުނާ ގިނަ ރައްޔިތުން ނުދަންނާނެއެވެ. ނަމަވެސް އަދުރޭ އަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރާ އިސް މީހެއްކަން އެ ރައްޔިތުން ދަނެއެވެ.

ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެގީމައޭ ބުނާ ބީދައިން އަދުރޭގެ ފަތިފުއް ބަލައި ހާވާލުމުން ކެޔޮކެވިފައި ހުރިވަރު ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެކަން ލ. އަތޮޅުގެ ގިނަ ރައްޔިތުން ވެސް ދަންނާނެއެވެ. ސިޔާސީ މައިދާނަށް އަދުރޭ ނުކުތުމުގެ ކުރިން އުޅުއްވި ކޮންމެ ތާކުން ބޮޑުތަނުން ޚިޔާނާތްތެރިއެއްކަން ވަނީ ފެނި ސާބިތުވެފައެވެ. އަތޮޅު އޮފީހާއި އެސް.ޓީ.އޯގައި އޭރު މަސައްކަތް ކުރެއްވި ބޭފުޅުން މިކަމާ ހެކިވާނެއެވެ. 11 ގަނޑު ޓިނު ވަގަށް ނަގައިގެން ރަށަކަށް އަރުވާލެވުނުކަން އެއީ ދެން މުޅި ރާއްޖެ ދަންނަ ހަޤީގަތެކެވެ.

ރަށުގައި ކަންމަތީ ފިހާރައެއް ހުޅުވައިގެން އެތަން ނުހިންގިގެން ބަންދު ކުރި ވާހަކައަކީ ފޮނަދޫ ރައްޔިތުން ދަންނާނެ ހަޤީގަތެކެވެ. ނަމަވެސް މިއަދު އަދުރޭ އެކަމުގެ މަތިން ހަނދާން ނުވެދާނެއެވެ. ރަށް ކުރިއަރުވާ ކޮމިޓީއަށް ކުރިމަތިލައިގެން ނުހޮވުނުކަން ސިޔާސީ ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ހަމަ އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ހޮވުނު ގޮތް ވެސް އެނގޭ މީހުން މިއަދު މަދުވާނެއެވެ. އޭރުގައި މަޖިލިސް މެންބަރު ކަމަށް ނެރުމަށް ފޮނަދޫ ކިތަންމެ ބަޔަކު ކައިރިއަށް ހިނގައިގެން ވެސް އެކަމާ ޝައުޤުވެރިކަން ފާޅު ކުރި މީހެއް ނެތެވެ. އެއާއެކު އެ ފުރުސަތު އަދުރޭ އަށް ލިބުނުކަން ވެސް ގިނަ ބަޔަކަށް ނޭނގިދާނެއެވެ. އެ ދުވަހު އަދުރޭ ހޮވަން ރައްޔިތުން ވޯޓް ދިނީ ކީއްވެގެންކަން ހުދު އަދުރޭ ވެސް ހަނދާން ނުހުންނާނެއެވެ. އަދި އެއީ އަދުރޭ އަށް ރައްޔިތުން ތާއިދުކޮށްގެން ލިބުނު ގޮނޑިއެއް ވެސް ނުމެ ނޫންމެއެވެ.

އޭރު ލ. އަތޮޅު ރައްޔިތުން އެންމެ ބޮޑަށް ތާއިދު ކުރި ލީޑަރަކީ ރައީސް މައުމޫނެވެ. މައުމޫން ކޮންމެ ގެޔަކަށް ފޮނުވީ ސިޓީއެކެވެ. އަދުރޭއަށް ވޯޓް ދެއްވުމަށް އެދި ސިޓީ ފޮނުވުމުން ރައްޔިތުން ނުކުމެ އަދުރޭ އަށް ވޯޓު ދިނީ ކަނެއްތޯ ބީރެއްތޯ ނުވަތަ ވަގެއްތޯ ވެސް ބަލާނުލައެވެ. އެވެސް މައުމޫން ވިދާޅުވީމަ އެވެ. ނަމަވެސް މައުމޫނުގެ ފޮޓޯ ބޭނުން ކޮށްގެން ދެވަނަ ދައުރަށް ވެސް އިންތިހާބުވެ އެންމެ ފަހު ވަގުތު އެބޭގެ ކަރަށް ފައިން އެރީއެވެ. ސިޔާސީ ހަޔާތުގައި ވެސް ހިޔާނާތް ނޫން އެއްޗެއް ނުވެވުނެވެ. ތިޔަ ހުރި ހިސާބަށް ގެންގޮސް ދިން މީހާ އަށް ހިޔާނާތްތެރިވި މީހަކު އިހްލާސްތެރި ވާނީ ވަކި ކާކަށް ހެއްޔެވެ؟

އަދުރޭއެވެ. ފޮނަދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނަވާ އެ ރަށުގެ މަގުތައް ހަދަން އެއް ކުންފުންޏާ ހަވާލުކޮށް، ކެވެން އޮތްވަރު މަދުވެދާނެ ކަމަށް އިތުރު ކުންފުންޏެއް ހަދައިގެން ވެސް ޕްރޮޖެކްޓަށް ލިބުނުހާ ފައިސާއެއް އެޅީ ހަމަ ޖީބަށް ނޫންތޯއެވެ. އެކަމުންވެސް ރައްޔިތުންނަށް ދިނީ ކޮޅުކެއްސެއް ނޫންތޯއެވެ. މަގު ހަދަން ގެންދިޔަ ސިމެންތި ކޮތަޅުތަކުން މަނިކުފާނު ގެޔަށް ގެންދިޔަ އަދަދުވެސް އެނގިލައްވާނީ ހަމަ މަނިކުފާނަށެވެ.

އިއްޒަތްތެރި އަދުރޭއެވެ. މަނިކުފާނު ޕްރީ ސްކޫލު ނަމުގައި ސަރުކާރުން އެތައް ލާރިއެއް ނަގާފައިވާކަން މިއަދު މީޑިއާތަކުގެ ފަލަ ސުރުހީތަކުން ދިވެހި ރައްޔިތުންނަށް ވަނީ ތިލަ ކޮށްދީފައެވެ. އަދި މަނިކުފާނު ދަރިފުޅުގެ އައިނެއް ހައްދަން ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި ވާހަކަ އަކީ ވެސް ތިލަ ވެފަވަނީ އެކަމުގައި ވެސް ކޮންމެވެސް ހަގީގަތެއް އެކުލެވިގެން ވާތީ ނޫންތޯއެވެ.

އިއްޒަތާއި ޤަދަރުވެރިކަމާ އަބުރުވެރިކަމާ ނަޒާހަތްތެރިކަމުން ފުރިގެންވާ އަދުރޭއެވެ. ހާބަރު ފުޑް ކޯޓުން ދިވެހި ރައްޔިތުންނަށް އަކަފޫޓަކަށް 52 ރުފިޔާގެ ރޭޓުން 80،000 ރުފިޔާއަށް ގޮޅިތަށް ދޫކުރިއެވެ. އެހާ ބޮޑު އަދަދަކުން ކުލި ދައްކަން ޖެހުމުން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ވާހަކަ ވެސް އެ ރައްޔިތުން ދިޔައީ ބުނަމުންނެވެ. ނަމަވެސް މަނިކުފާނާއި ޑރ. މުއިއްޒު ހެއްދެވި ޑީލެއްގެ ދަށުން ފުޑް ކޯޓުން 25،000 އަށް މަނިކުފާނަށް ގޮޅިއެއް ލިބުނެވެ. މިއަދު ރައްޔިތުން ކުރާ ސުވާލަކީ އެހާ ލާހިކު އަގެއްގައި ފުޑް ކޯޓުން ގޮޅިއެއް އަދުރޭއަށް ލިބުނީ ޑރ. މުއިއްޒަށް ހަމަ އެހާވެސް ލޯޔަލް މީހަކަށް މަނިކުފާނު ވީމަތޯ އެވެ. ނުވަތަ މިދާކަށް ދުވަހު ތައާރަފް ކުރި ލޯޔަލްޓީ ކާޑު އޭރުވެސް މަނިކުފާނު އަތުގައި އޮތީމަ ތޯއެވެ.

ރައީސް ވަހީދު ވެރިކަމާއި ޔާމީނުގެ ވެރިކަމުގައި މެންބަރުކަން ކޮށްލި ކަމަށްޓަކާ ރެހެންދި ފްލެޓުން 2 އެޕާޓްމެންޓާއި، މާލެއިން އެތައް ބިމަކާއި، މެލޭޝިއާ އިން ގެޔަކާއި، އަގުބޮޑު އެތައް ވެހިކަލްތަކާއި، މާލެ ދަތުރު ކުރާ ބޯޓަކާއި، ސްޕީޑް ލޯންޗަކާއި، މާލޭގައި 4 ކެފޭ އާއި ރަށުގައާއި އަތޮޅުގައި ނެތް ފެންވަރުގެ ފަރުނީޗާރު ފިހާރައަކާއި އަމިއްލަ ޕްރީސްކޫލެއް ހުޅުވާލިއިރު ލައްކަ ކެޔޮ ހުންނާނީ ކެވިފަތާއެވެ. މިއީ ކަންމަތީ ފިހާރަ ނުހިންގުނު އަދުރޭގެ ބިތުފަންގި ކިރިޔާ ހިއްލާލައިގެން ކެޔޮކާލިވަރު އެނގެން ހުރި ވަރެވެ. ބިތު ފަންގިއާއި ފުރާޅު ނަގާއިރު އަދި ކިހާވަރަކުން ދާނެބާއޭ ހިތަށް އަރައެވެ. މީހުންނާ ދިމާލަށް ވަގަށް ނުގޮވޭ ވަރެއް ވެސް ނޫނެވެ. އަދުރޭ ތިޔައީ ހަމަ މީހުންނާ ދިމާލަށް ވަގަށްގޮވާ ސަރުކާރަށް ވެސް ވަގަށް ގޮވަން އެންމެ ރަނގަޅު މީހާއެވެ. ތިޔަށް ކިޔަނީ ހަތް ގުދު އޮތް މީހާ އެއް ގުދު އޮތްމީހާއާ ދިމާލަށް ގުދޯގުދޯ ގޮވުމެވެ.

ހާދިމްކުމް

ފޮނަދޫ ރައްޔިތު މީހާ

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
64%
6%
2%
8%
4%
16%
ކޮމެންޓް
22 އޮކްޓޯބަރ 2020 | ބުރާސްފަތި 09:57
މާރީގުންޑާ
ހަމަ އިންޑިޔާ އައުޓު މާތްﷲގެއިރާދަފުޅުން ތި ގެރި ބާއި ގަނޑު މިރާންޖެއިން އެންކޮން ދުންވާލާނަށް
21 އޮކްޓޯބަރ 2020 | ބުދަ 10:43
މޑޕ ލާދނީ ބައިގަނޑައް ހަޖަމްނުވެގެން ކޮސްގޮވަނީ، ލ އަތޮޅު މީހުން ދެނަހުރި ކަމެއްނޫން ތީގަ ލިޔެފަ ތިއޮތީ.
20 އޮކްޓޯބަރ 2020 | އަންގާރަ 22:24
މުހަންމާ.
ބ.އަތޮޅު ޢޭދަފުށި ބަޔަކު ވާނުވާނޭގޭ ލާރި ގަޑެއްގައި ފެށިކަމަށް އެރަށުމީހުންބުނާ ސޯސަން ފިހާރަތަށް އަޑި އަޅާލާފައި އޮއްވާ މިހާރު އެވިޔަފާރިވެސް ކޮޅަށް ޖަހައި ދިނީ އަދުރޭ ޢޭވެސް ރަށުތެރޭކިޔާ.....ލަޑަޔާވާނީ ލަޑާ...
20 އޮކްޓޯބަރ 2020 | އަންގާރަ 12:01
ފޮނަދޫ ރަ އްޔިތެއ އް
ތިޔަ އީ އަދުރޭ ދަންނަ މީހަކު ލިޔުނު ސިޓީ އެއ އް ނޫންކަން ސަތޭކަ ޕަސެންޓް ޔަގީން. 90 ޕަސެންޓް މައުލޫމާތަކީ ދޮގު. ޓިޔައ އީ ރާއްޖެ ެއމްވީގެ އެސަމްޕްޝަނެ އް. ޙަގީގަތް އޮތީ މާ ދުރުގަ އި. މި ކޮމެންޓް ޖަހަން ކެރޭނެތަ؟
19 އޮކްޓޯބަރ 2020 | ހޯމަ 22:13
ރާގުންޑާ
11 ގަނޑު ޓިނު!؟ ވެލާނާގޭ ތަޅުދަނޑިފަތި ނުނެގުނީ އެހެން މީހަކު އެ ވަގަށް ނެފީ ތިއަށްވުރެ ކުރިން ވީމަތަ؟ ކެކެކެ އިންޑިއާ އައުޓް!
19 އޮކްޓޯބަރ 2020 | ހޯމަ 20:29
ދާއޫދު
ވަރަށްވެސް ބޮޑު ތެދުފުޅެއް.
19 އޮކްޓޯބަރ 2020 | ހޯމަ 18:36
ދަރޯގާ
ރާއްޖެ އެމްވީ އެކޭ ކިޔައިގެން ބުހުތާނު ދޮގު ހަދާ ޖަނަވާރާއެވެ. ތިޔައިން ލައްކަވާހަކަ ތެދެވެ. އެކަމަކު ގައިމު ފުޑު ކޯޓުގައި ހުރި ކެފޭގެ ކުއްޔަކީ އަށްޑިހަ އެތައްހާހެއްކަން ހުވާ ކޮށްފަ ބުނަން ކެރޭނެއެވެ.
19 އޮކްޓޯބަރ 2020 | ހޯމަ 17:40
ނާއްޕެ އަށް ދަންނަވާލަން އޮތީ މީހުންގެ މުޅަ މަސް ކައިގެން ދިރި އުޅުން އާރާސްތު ކުރަން އުޅުމަށްވުރެ ޒިންމާދާރު މަސައްކަތެއް ކޮށްލައިގެން ކިބޭ ކުޑަ އާމްދަނީ ވެސް މާރަނގަޅެވެ.މާދަމާ ތިބާ ގެ އަބުރު ނަގާލަން ބަޔަކު މަސައްކަތް ކުރުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫނެވެ. އިންސާނާ އަށް މިންތަކަކާ އިންތަކެއް ވެއެވެ.
19 އޮކްޓޯބަރ 2020 | ހޯމަ 17:30
ބުރޯ
އަދުރޭ އަކީ މިހާރު މިސަރުކާރުން އެއްމެ ރަނގަޅަށް ބަލަންޖެހޭ " ކޮރަޕްސަން ގެ މީހާ" އަދުރޭ ހިތުން އޭނަ އެއީ ރައީސް" އިނގިރޭސިން ލިޔަން ކިޔަން ނޭންގޭތީ " ޓުވީޓް ކުރަން ވެސް މީހަކު މުސާރަ ދީގެން ގެން ގުޅެނީ " ޔާމީން އަށް ވުރެން ކުރިން މި އަދުރޭ އެބަޖެހޭ ޖަލަށް ލާން " އޭނަގެ ދަރި މޯލްޑިވް ޕޮލިސް ސާރވިސް ގެ ވަޒީފާގައި ހުރެފެ ވަޒީފާ ދޫކޮށްލާފަ ގޮސް " މެލޭސިޔާ ސަފީރު އޮފީސްގެ ވަޒީފާ ގަ " އުޅުއްވަނީވެސް ރޭންޖުރޯވާ ކާރުކޮޅުގަ " ކޮންތާކުން ހޯދާ ލާރިއެއް އަހަރެމެން މިތިބެނި ނުކައި މަވެސް މި ޕީ.ޕީ.އެމް ގެ ސަޕޯޓަރ އެއް އެކަމަކު މަސަށް ހަޖަމް ނުވެ ޔާމީން " ޖަލަށް ލާފައި މި އަދުރޭ މަގުމަތީގައި "ޖަލަށް ލާން ވީ މީނަގެ ހަގީގަތް ރަތް އިތުން ނަށް އެބަޖެހެ އިނގެން މީ ކާކު ކަން ކޮންފެންވަރެއްގެ
19 އޮކްޓޯބަރ 2020 | ހޯމަ 15:23
އަރުވާ އާދަނުގެ ސިޔާސީ ހާސަރު
ކުރުކޮށް އަދި އެހާމެ ފޮނިކޮށް.
19 އޮކްޓޯބަރ 2020 | ހޯމަ 13:59
ގަމާރު
މީ އަދުރޭ ވަރަށް ރަނގަޅަށް ދެނެލައްވާ ބޭފުޅެއްގެ ލިޔުއްވުމެއް ކަމަށް ގަބޫލުކުރަންޖެހޭ، މީގެ އިތުރުން ސުނާމީގެ ދުވަސްވަރުގެ ކަންތައްތައްވެސް އެނގިލައްވާނެހެން ހީވޭ.
19 އޮކްޓޯބަރ 2020 | ހޯމަ 13:59
ރައްޔިތުމީހާ
އަދުރޭޔަށް ބ، އަތޮޅު މާޅޮހު ގެޔެއްގެ ހުނިގޮޑި ޔެއް ސަލާމް ބުނި. އެވެސް ވަގަށްނެގި ހުނިގޮޑިޔެއް
19 އޮކްޓޯބަރ 2020 | ހޯމަ 13:26
ރައްޔަތުމީހާ
ތީ އަދި ކުޑަ މައުލޫމާތުކޮޅެއް! އާއިލާމީހުންނާއި ދޮށި ފިރިހެންދަރި ފައިސަލް ހިއްސާވާގޮތަށާއި އޭނާގެ ރައްޓެހި ކިތެމެ ބަޔެއްނަމުގައި ވިޔަފާރި ހިންގާ ގާތްގަޑަކަށް 32 ވިޔަފާރި މިހާރުވެސް ހިންގާ!
ގުޅުންހުރި