ކ. މާލެ
|
19 އޮކްޓޯބަރ 2020 | ހޯމަ 11:19
އެމްޑީޕީގެ މާމިގިލި ދާއިރާގެ ރައީސް އިބްރާހީމް ރަޝީދުގެ (މާމިގިލި އިބޫ)
އެމްޑީޕީގެ މާމިގިލި ދާއިރާގެ ރައީސް އިބްރާހީމް ރަޝީދުގެ (މާމިގިލި އިބޫ)
ރާއްޖެއެމްވީ
އިބޫއަށް އަނިޔާވި މައްސަލަ
އިބޫއަށް އަނިޔާވީ އަންހެނުންގެ ދަބަހުގައި އޮތް ކަޓަރަކުން!
 
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުން

ކުރީގެ ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިންގ ޑިރެކްޓަރ އަދި އެމްޑީޕީގެ މާމިގިލި ދާއިރާގެ ރައީސް އިބްރާހީމް ރަޝީދުގެ (މާމިގިލި އިބޫ) އަށް ތޫނު އެއްޗަކުން އަނިޔާވީ، އޭނާގެ އަންހެނުންގެ އަތް ދަބަހުގައި އޮތް ކަޓަރު އެޅިގެން ކަމަށް އޭނާ ފުލުހުން ގާތުގައި ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އާދިއްތަ ދުވަހުގެ ރޭ 22:51 ގައި ހިނގި މި ހާދިސާގައި އޭނާ އަށް ޒަޙަމް ފާހަގަވެފައިވަނީ އަންހެނުންނާއި އެކު ސައިކަލުގައި ދުއްވަނިކޮށް ކަމަށް އިބޫ ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.

ޒަހަމަކާއެކު އޭޑީކޭގައި އޭނާއަށް ފަރުވާދެމުން އަންނައިރު ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އާދިއްތަ ދުވަހުގެ ރޭ ށ. ފޯކައިދޫއާއި އައްޑޫ ސިޓީގައި ވަނީ މާރާމާރީ ހިންގާފައެވެ. އަދި މި ހާދިސާތަކުގައި ޒަޚަމްވި މީހުންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިބޫ އަށް އަނިޔާ ލިބިފައިވަނީ މޭކަށިގަނޑާއި ދިމާލުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
100%
0%
0%
0%
0%
0%
ކޮމެންޓް
20 އޮކްޓޯބަރ 2020 | އަންގާރަ 22:26
މުހަންމާ.
މަޚަބަރކުން އަދި ވާނުވާއެއް ނޭގުނު.
19 އޮކްޓޯބަރ 2020 | ހޯމަ 15:31
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
އަވަސް ޝިފާއަކަށް އެދެން. ( އަނބި ރީތީ ހެވިއްޔާ ) ( ވަޅި ރީތީ ތޫނިއްޔާ )