ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 22:55
ސައުދީ ސަރުކާރުން ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ވަނީ ފަށާފައި
ސައުދީ ސަރުކާރުން ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ވަނީ ފަށާފައި
އޭއޭޕީ
މަސްޖިދުލް ހަރަމުގައި ނަމާދު ކުރަން ފެށުން
ހަތް މަސް ދުވަހަށް ފަހު މަސްޖިދުލް ހަރަމުގައި އާންމުކޮށް ނަމާދު ކުރަން ފަށައިފި
 
ނަމާދުކުރަން ހުޅުވާލާފައިވަނީ ގައިދުރުކަމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތަކާ އެކު
 
އާންމުކޮށް ނަމާދުކުރުން މެދުކަނޑާލީ މުޅި ދުނިޔޭގައި ފެތުރިފައިވާ ކޮވިޑް-19 އާ ގުޅިގެން

ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު މަސްޖިދުލް ހަރަމުގައި އާންމުކޮށް ނަމާދު ކުރަން ފަށައިފިއެވެ.

ސައުދީ ސަރުކާރުން އާދިއްތަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މަސްޖިދުލް ހަރަމުގައި ނަމާދު ކުރަން ހުއްދަ ދިނުމުން، އާންމުން ވަނީ ޖަމާއަތުގައި ފަތިސް ނަމާދު ކޮށްފައެވެ.

މަސްޖިދުލް ހަރަމްގައި އާންމުކޮށް ނަމާދުކުރުން މެދުކަނޑާލީ މުޅި ދުނިޔޭގައި ފެތުރިފައިވާ ކޮވިޑް-19 އާ ގުޅިގެންނެވެ. މި ބަލި ސައުދީގައި ވެސް ހަލުވިކަމާ އެކު ފެތުރުމުގެ ސަބަބުން މާރޗް މަހުވަނީ ދެ ހަރަމްފުޅު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

މަރުހަލާތަކަކަށް ބަހާލައިގެން ދެ ހަރަމްފުޅުގައި ނަމާދު ކުރަން ހުއްދަ ދިނުމަށް ސައުދީ ސަރުކާރުން ނިންމީ، އެ ގައުމުގައި ކޮވިޑް ބަލި މީހުން ފެންނަ އަދަދުތަށް ދަށަށް ދާން ފެށުމާ ގުޅިގެންނެވެ. މި މަރުހަލާތަކުގެ ތެރެއިން، އެހެން ގައުމުތަކުގެ މީހުންނަށް ވެސް އަހަރުގެ ފަހުކޮޅު ދެ ހަރަމްފުޅަށް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވާލުމަށް ސައުދީ ސަރުކާރުން ވަނީ ވިސްނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް