ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 22:58
ބެޓްމެންގެ ރޯލުން ފެނިގެންދާ ބެން އެފްލެކް
ބެޓްމެންގެ ރޯލުން ފެނިގެންދާ ބެން އެފްލެކް
ހޮލީވުޑް ހަބަރުތައް
ބެން އެފްލެކަށް ބެޓްމޭންގެ ރޯލް ގެއްލިއްޖެ
 
މި ފިލްމު ދޫކޮށްލުމަށް ނިންމީ ލިބުނު ނާކާމިޔާބީއެއްގެ ސަބަބުންކަމަށް ބުނޭ
 
ބެންވަނީ މި ފިލްމްގެ ޑައިރކްޝަންވެސް ދޫކޮށްލާފައި

ބެޓްމޭންގެ ރޯލް ބެން އެފްލެކަށް ގެއްލި އެ ރޯލް ރޮބަރޓް ޕެޓިންސަނަށް ލިބިއްޖެއެވެ.

ކުރިން މި ފިލްމުގެ މައި ރޯލްގެ އިތުރުން ފިލްމު ޑައިރެކްޓް ކުރަން ހަމަޖެހިފައިވީ ނަމަވެސް މި ފިލްމުގެ ޑައިރެކްޓު ނުކުރާނެކަމަށް ބުނެ، އެފްލެކް ވަނީ ޕްރޮޖެކްޓް އެއްކޮށް ދޫކޮށްލާފައެވެ. އެފްލެކް މި ފިލްމު ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި 2017 ވަނަ އަހަރުގެ ޖަސްޓިސް ލީގުގެ ނާކާމިޔާބީ އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެފްލެކް މި ފިލްމު ދޫކޮށްލުމާއި އެކު ފިލްމްގެ ޑިރެކްޓަރަކަށް މެޓް ރީވްސް ހަމަޖައްސާފައިވާ އިރު، ބެޓްމޭންގެ ރޯލު ލިބިފައި ވަނީ ރޮބަރޓް ޕެޓިންސަނަށެވެ.

އެފްލެކްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި، އޭނާގެ ގާތް ރަހުމަތްތެރިޔާ އަދި އެކްޓަރ މެޓް ޑޭމަންއާއެކު ސްކްރިޕްޓް ލިޔެ އެކުގައި ފެނިގެންދާނެ ފިލްމު 'ދަ ލާސްޓް ޑުއެލް' ހިމެނެއެވެ. ކޮވިޑް 19 ގެ ޕެންޑެމިކާ ގުޅިގެން ޝޫޓިން މަޑުޖައްސާލުމަށް ފަހު މިހާރު ޝޫޓިންގ ފަށާފައިވާ މި ފިލްމުގައި އެޑަމް ޑްރައިވަރ އަދި ޖޯޑީ ކޯމަރ ވެސް ފެނިގެން ދާނެއެވެ.

1997 ގައި އެފްލެކާއި ޑޭމަން އެކުގައި ފެނިގެންދިޔަ ފިލްމު 'ގުޑް ވިލް ހަންޓިންގ" އަށް ވެސް ބޮޑެތި ކާމިޔާބީތަކެއް ލިބި އެ އަހަރުގެ ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭގެ އެކަޑަމީ އެވޯޑް ހާސިލުކުރިއެވެ. އެފްލެކް މި ފިލްމު ދޫކޮށްލާފައިވީ ނަމަވެސް ޖަސްޓިސް ލީގާއި ދަ ފްލޭޝްއިން އަދިވެސް ފެނިގެން ގޮސްދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް