ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 19:54
ކޮވިޑް-19 ގެ ރެންޑަމް ސާމްޕަލް ނަގަނީ
ކޮވިޑް-19 ގެ ރެންޑަމް ސާމްޕަލް ނަގަނީ
ޓްވިޓަރ
ކޮވިޑް-19 ގެ ސަބަބުން ބީރުވުން
ކޮވިޑް-19 ގެ ސަބަބުން އަޑު އިވުމުގެ ހިއްސަށް ގެއްލުންވޭ: ދިރާސާ
 
ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ބައެއް ފަރާތްތަކުގެ އަޑު އިވުމުގެ ހިއްސަށް ބަދަލުތަކެއް އައިސްފައިވޭ

ކޮވިޑް-19 ގެ ސަބަބުން އަޑު އިވުމުގެ ހިއްސަށް ދާއިމީ ގެއްލުމެއްވަމުން އަންނަ ކަމަސް ދިރާސާތަކުން ދައްކައިފިއެވެ.

ފޯބްސް ވެބްސައިޓްގައި އިނގިރޭސިވިލާތުގެ ދިރާސާކުރާ ބަޔަކާ ހަވާލާދީ ބުނެފައިވަނީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ބައެއް ފަރާތްތަކުގެ އަޑު އިވުމުގެ ހިއްސަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރި 45 އަހަރުގެ ފިރިހެނަކު ކުއްލި ގޮތަކަށް ބީރުވި ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި އޭނާގެ ކަންފަތަށް އަވަސް ފަރުވާ ނުލިބިއްޖެނަމަ ބީރުވުން ދާއިމީ ވުމުގެ ބިރު އޮތް ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މި ދިރާސާކުރި ޑޮކްޓަރުން ބުނެފައިވަނީ އަޑު އިވުމުގެ ހިއްސަކީ އާންމުކޮށް ފްލޫ ވައިރަސް ކަހަލަ ވައިރަސްތަކުން ގެއްލުންވާ ހިއްސެއް ކަމަށާއި، އެކަމަކު ފްލޫ ވައިރަހަށްވުރެ އަވަހަށް ކޮވިޑްގެ ސަބަބުން އަޑު އިވުމުގެ ހިއްސަށް ގެއްލުންވާ މިންވަރު އިތުރު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް