ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ބޮލީވުޑްގެ ހަބަރުތައް

މިފަހަރު ރަންބީރާއި އެކު މިހާރުގެ ލޯބިވެރިޔާ އާއި ކުރީގެ ލޯބިވެރިޔާ؟!

  • މި ތިންތަރިން ފެނިގެންދާނީ "ބައިޖޫ ބައުރާ" ގެ ރީމޭކްގައި
  • މިއީ ދިޕިކާ އާއި އާލިއާ އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމް

ކ. މާލެ | 18 އޮކްޓޯބަރ 2020 | އާދީއްތަ 23:02 | 11,109

ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ދިޕިކާ ޕަޑުކޯން - ޕިންކު ވިލާ

ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ އަންނަން އޮތް ފިލްމުގައި ރަންބީރު ކަޕޫރާއި އެކު ފެނިގެން ދާނީ އޭނާގެ މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓް އާއި ކުރީގެ ލޯބިވެރިޔާ ދިޕިކާ ޕަޑުކޯން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ތިން ތަރިން އެކުގައި ފެނިގެންދާނީ 1952 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ބައިޖޫ ބައުރާ" ގެ ރީމޭކްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމުގެ ލީޑް އެކްޓަރުންގެ ގޮތުގައި ދެ ބަތަލުންނާއި ދެ ބަތަލާއިން ފެނިގެންދާނެ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

މި ފިލްމުގެ ސްކްރިޕްޓާއި ދޭތެރޭ އާލިއާ އާއި ދިޕިކާ ވެސް ވަރަށް ހިތްހަމަ ޖެހޭކަމަށާއި މި ދެ ތަރިން ފިލްމްގައި ފެނިގެންދާނީ ރަންބީރު ދެކެ ލޯބިވެގެން އުޅޭ ދެ ތަރިންގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމްގައި އާލިއާ އަދާކުރާނީ އޮރިޖިނަލް ފިލްމްގައި މީނާ ކުމާރީ އަދާކުރި ރޯލެވެ. އަދި ދިޕިކާ ފެނިގެން ދާނީ އޮރިޖިނަލް ފިލްމްގައި ކުލްދީޕް ކައުރު އަދާކުރި ރޯލުންނެވެ.

"ބައިޖޫ ބައުރާ" ވެގެންދާނީ އާލިއާ އާއި ދިޕިކާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އަދި މިއީ ފިލްމް "ސާވަރިޔާ" އަށް ފަހު ބަންސާލީއާއި އެކު ރަންބީރު މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.

ރަންބީރާއި އާލިއާ މިހާތަނަށް ކުޅެފައިވަނީ އަޔާން މުކަރްޖީގެ "ބްރަމާސްތްރާ" އެކަންނެވެ. މި ފިލްމް އަދި ރިލީޒްކޮށްފައެއް ނުވެއެވެ. ރަންބީރާއި ދިޕިކާ އެކުގައި ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "ބަޗްނާއޭ ހަސީނޯ"، "ޔޭ ޖަވާނީ ހޭ ދިވާނީ" އަދި "ބްރަމާސްތްރާ" ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.