ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 03:19
އިންޑިއާ އިން މިހާތަނަށް 7,492,727 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި
އިންޑިއާ އިން މިހާތަނަށް 7,492,727 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި
އޭޕީ
އިންޑިއާގައި ކޮވިޑް ވެކްސިން ޖެހުން
އިންޑިއާއިން ކޮވިޑް ވެކްސިން ދިނުމުގައި އިސްކަންދޭނެ މީހުން ކަނޑައަޅަން ފަށައިފި
 
މުޅި އާބާދީއަށް ވެކްސިންދީ ނިމޭނީ 2022 ވަނަ އަހަރުކަަމަށް ލަފާކުރެވޭ
 
ފުރަތަމަ ފޭސްގައި ވެކްސިން ދިނުމަށް ކަނޑައެޅޭ މީހުންނަށް ވެކްސިންގެ 600 މިލިއަން ޑޯޒް ދެވިގެންދާނެ
 
ފުރަތަމަ ފޭސްގެ ތެރެއިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުން

ކޮވިޑް ވެކްސިން ދިނުމުގައި އިސްކަންދޭނެ މީހުން ދެނެގަނެ އެ މީހުން ކަނޑައެޅުމުގެ މަސައްކަތް އިންޑިއާއިން ފަށައިފިއެވެ.

ހުކުރު ދުވަހު އެކަނިވެސް އިންޑިއާއިން 62،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އެ ގައުމުގެ މީޑިއާތަކުން ވަނީ އިންޑިއާ ސަރުކާރުން ވެކްސިން ދިނުމުގައި އިސްކަންދޭނެ މީހުން ކަނޑައެޅުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ އަމާޒަކީ ވެކްސިނެއް ލިބުމާ އެކު ފުރަތަމަ ފޭސްގެ ތެރެއިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ވެކްސިން ދިނުމުގައި އިސްކަންދޭނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ހެލްތު ވޯކަރުންނާއި، ސެނިޓޭޝަން ވޯކަރުންނާއި، ފުލުހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށެވެ. މިގޮތަށް ވެކްސިން ދިނުމުގެ ޕްލޭން ޑްރާފްޓް ކުރެވިފައިވާ އިރު، މި ޕްލޭންގެ އަމާޒަކީ ވެކްސިން ދިނުމުގެ ފުރަތަމަ ފޭސްގައި އާބާދީގެ 23 އިންސައްތައަށް ވެކްސިން ދިނުން ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

މި ޕްލޭން މި އަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެމްބަރު މަހު ފައިނަލައިޒްކޮށް ނިމޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފުރަތަމަ ފޭސްގައި ވެކްސިން ދިނުމަށް ކަނޑައެޅޭ މީހުންނަށް ވެކްސިންގެ 600 މިލިއަން ޑޯޒް ދެވިގެންދާނެއެވެ.

މީގެ ކުރިން އިންޑިއާގެ ހެލްތު މިނިސްޓަރ ހާޝް ވަރުދަން ވަނީ އިންޑިއާ ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން ކޮވިޑް-19 ވެކްސިންގެ 500 މިލިއަން ޑޯޒް ހޯދައި އާބާދީގެ 250 މިލިއަން މީހުންނަށް ވެކްސިން ދިނުން ކަމަށް ވިދާޅުވެފައެވެ.

ކަމާބެހޭ މާހިރުން ވަނީ އިންޑިއާގެ 1.3 ބިލިއަން މީހުންގެ މުޅި އާބާދީއަށް ވެކްސިން ދިނުމަކީ ބޮޑު އަދި ގިނަ ވަގުތު ނަގާނެ ކަމެއް ކަމަށާއި އެގައުމުގެ މުޅި އާބާދީއަށް ވެކްސިންދީ ނިމޭނީ 2022 ވަނަ އަހަރުކަަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ. އެހެންކަމުން ސަރުކާރުން ވިސްނާފައި ވަނީ ބަލީގެ ނުރައްކާ ބޮޑު މީހުންނަށް އިސްކަން ދީގެން މި މަސައްކަތް ކުރުމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް