ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 03:05
މުސްލިމް ވޯލްޑް ލީގުގެ ލީޑަރު ޝެއިޙް މުހައްމަދު ބިން އަބްދުލް ކާރިމް އަލް-އިއްސާ
މުސްލިމް ވޯލްޑް ލީގުގެ ލީޑަރު ޝެއިޙް މުހައްމަދު ބިން އަބްދުލް ކާރިމް އަލް-އިއްސާ
އޭއެފްޕީ
ފްރާންސްގައި ޓީޗަރަކަށް ދިން ހަމަލާ
ފްރާންސްގައި ދިން ހަމަލާ މުސްލިމް ވޯލްޑް ލީގުގެ ލީޑަރު ކުށްވެރިކުރައްވައިފި
 
ނިޔާވެރި ކަމަކީ ހުރިހާ ދީނެއްގައި ވެސް އެންމެ މަތީ އަދަބުދެވޭ ކުށްތައް
 
އަނިޔާވެރި ކަމަކީ ހުރިހާ ދީނެއްގައި ވެސް މަނާ ކަމެއް

ފަރަންސޭސްވިލާތުގެ ޓީޗަރަކަށް ހަމަލާދީ އޭނާގެ ބޯ ބުރިކޮށްލި ހަމަލާ، މުސްލިމް ވޯލްޑް ލީގުގެ ލީޑަރު ޝެއިޙް މުހައްމަދު ބިން އަބްދުލް ކާރިމް އަލް-އިއްސާ ހަރުކަށި އިބާރާތުން ކުއްވެރިކުރައްވައިފިއެވެ.

ހުކުރު ދުވަހު އުމުރުން 47 އަހަރުގެ ސެމުއެލް ޕެޓީއަށް ފްރާންސްގެ ޕެރިހިގުއި މީހަކު ހަމަލާދީ އޭނާގެ ކަރު ބުރިކޮށްލާފައި ވަނީ ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް ކާޓޫނެއް ކުރަހާ، ކުލާހުގެ ދަރިވަރުންނަށް ދެއްކި މައްސަލާގައި ކަމަށް ފަރަންސޭސްވިލާތުގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޝެއިޙް އަލް-އިއްސާ ވަނީ އަނިޔާވެރި ކަމަކީ ހުރިހާ ދީނެއްގައި ވެސް މަނާ ކަމެއް ކަމަށާއި ހުރިހާ ދީނެއްގައި ވެސް ޓެރަރިޒަމްގެ މިފަދަ އަމަލުތައް ހިމެނިގެން ވަނީ އެންމެ މަތީ އަދަބުދެވޭ ކުށްތަކުގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ އަމަލުތަކުގައި ބައިވެރިވާ މީހުން ހުއްޓުވާ ހައްދު ފަހަނައަޅާފައިވާ މީހުންގެ ވިސްނުމާ ފިކުރު ފެތުރުން ހުއްޓުވާ ޓެރަރިޒަމަށް ނިމުމެއް ގެނައުމަށް ހުރިހާ އެންމެން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝެއިޙް އަލް-އިއްސާ ވަނީ ފަރަންސޭސްވިލާތުގެ ޑައިވާސިޓީ ދަމަހައްޓައި ގައުމުގެ ރައްޔިތުންގެ އެއްބައިވަންތަކަން ވަރުގަދަކޮށް ގުޅުންތައް ދެމެހެއްޓުމަށް ގޮވާލާފައެވެ. އަދި އެ ގައުމުގެ ލީޑަރުންގެ އަރިހުން ޓެރަރިޒަމާއި ދެކޮޅަށް އެކުގައި ތެދުވެ ގައުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ޝެއިޙް ވަނީ ގޮވާލައްވާފައެވެ. ޝެއިޙް ވަނީ ހަމަލާގައި މަރުވި ސެމިއުލްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
71%
14%
0%
14%
0%
0%
ކޮމެންޓް