ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 02:16
މި ކާބޯތަކެއްޗާ މެދު ތިބާގެ އަމަލުތައް ބެހެއްޓެނީ ކިހިނެއްތޯއެވެ؟
މި ކާބޯތަކެއްޗާ މެދު ތިބާގެ އަމަލުތައް ބެހެއްޓެނީ ކިހިނެއްތޯއެވެ؟
ގޫގުލް
ކާބޯތަކެތި އިސްރާފު ކުރެވެނީ ކިހާވަރަކަށްތޯ
ތިބާއަށް ކާބޯތަކެތި އިސްރާފު ކުރެވެނީ ކިހާވަރަކަށްތޯއެވެ؟
 
ހައިހޫނުކަމުގެ ސަބަބުން އެތަކެއް ބައެއް މިދުނިޔެ ދޫކޮށްދޭ
 
އެންމެ ގިނައިން އިސްރާފު ކުރެވެނީ ފެނުން
 
ހިކަނދިފަތުން ލިބޭ ފައިދާތައް ވަރަށް ގިނަ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 16 އޮކްޓޯބަރ ފާހަގަ ކޮށްފައިވަނީ ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައެވެ. ކޮވިޑް–19 ގެ ހާލަތުގައި ވެސް ގިނަ ބަޔަކު ވަނީ މި ދުވަސް ފާހަގަ ކޮށްފައެވެ. މިފަދަ ދުވަހެއް ފާހަގަ ކުރަމުން ދާއިރު ހަގީގަތުގައި ކުރަންޖެހޭ ސުވާލަކީ މި ކާބޯތަކެއްޗާ މެދު ތިބާގެ އަމަލުތައް ބެހެއްޓެނީ ކިހިނެއްތޯއެވެ؟ ކާބޯތަކެތި ތިބާއަށް އިސްރާފު ކުރެވެނީ ކިހާ މިންވަރަކަށްތޯއެވެ؟

"އޭ އާދަމްގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައި މީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފް ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފް ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ." މިއީ އަލް އަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގެ މާނައެވެ.

މި އާޔަތުން އެކަނިވެސް ދޭހަވެގެން ދަނީ އިސްރާފު ކުރުމުގެ ނުބައިކަމެވެ. އަދި އިސްރާފް ކުރާ މީހުން ދެކެ ﷲ ސުބްހާނަހޫ ވަތައާލާ ލޯބިވެވޮޑިގެން ނުވާކަމެވެ. ނަމަވެސް މިއަދު އަހަރެމެންނަށް ނުހަނު ގިނަ އިސްރާފުތައް ދަނީ ކުރެވެމުންނެވެ. ހާއްސަ ގޮތެއްގައި ކާބޯތަކެތިން ކުރެވޭ އިސްރާފު ވަރަށް ވެސް ގިނައެވެ.

އެގޮތުން އަހަރެމެންނަށް ނޭނގުމުގެ ތެރޭގައި ވެސް ނުހަނު ގިނަ އިސްރާފުތައް ކުރެވެއެވެ. އެގޮތުން އާއްމު ގޮތެއްގައި ކައިބޮއެ އުޅޭއިރު ބަތްތަށީގައި އޮންނަ ހިކަނދިފަތްކޮޅުތަކާ މިރުސްކޮޅުުތަކުގެ އިތުރުން ބައެއް ފަހަރު ހުންނަ ފިޔާކޮޅު ވެސް އެއްކައިރީގައި ބެހެއްޓެއެވެ. އަދި ގިނަ ފަހަރަށް މިތަކެތި މިއީ ކައި ނިމޭއިރު ވެސް ތަށީގައި ގިނަ ވެފަައި ހުންނަ ތަކެއްޗަށް ވެދެއެވެ.

މިވެސް ހަމަ އިސްރާފެއް ނޫންތޯއެވެ؟ ނިކަން ހިކަނދިފަތުން ލިބޭ ފައިދާތައް ބަލާލާށެވެ. އެއީވެސް ހަމަ ހަށިގަނޑަށް ނުހަނު ގިނަ ފައިދާތަކެއް ލިއްބައިދޭ ހަށިގަނޑަށް ރަނގަޅު ކާނާއެކެވެ.

ހަމަ މިފަދައިން ފިޔާ މިއީ ވެސް ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. މިވެސް ކެއުމަށް އާދަކުރެވިދާނެއެވެ. ނޫންނަމަ ކެއްކުމުގައި މި ބާވަތް ބޭނުން ނުކުރާނީއެވެ. ނުވަތަ ނުފެންނާނެހެން ކުދިކޮށް ކޮށާވެސް ލެވިދާނެއެވެ. މިއީ ވެސް ހަމަ އިސްރާފު ކުރުން މަދު ކުރުމަށް ކުރެވިދާނެ ކުދިކުދި ކަންކަމެވެ.

މީގެ އިތުރުން ވެސް އަހަރެމެންނަށް ދެން އެންމެ ގިނައިން އިސްރާފު ކުރެވެނީ ފެނުންނެވެ. ފެނަކީ އަހަރެމެން އޭގެން އެތައް ބޭނުމެއް ކުރާ މުހިއްމު ވަސީލަތެކެވެ. އަހަރެމެންނަށް ފެނުން ކުރެވޭ ބައެއް އިސްރާފުތަކަށް ބަލާއިރު ބައެއް ފަހަރަށް ފެން ބުއިމަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ފެންތައްޓަށް ފެން އެޅެއެވެ.

ބަނޑުފުރުމުން ނުވަތަ ބޭނުންވާ ވަރަށް ފެން ބޮވުމުން ބާކީ ހުންނަބައި އުކާލެވެއެވެ. ނުވަތަ އަތް ދޮވެލުމަށް ނުވަތަ އެހެންވެސް ބޭނުމަކު ފެން އިސްކުރު ދޫކުރުމަށް ފަހު ފުރިހަމައަށް އެ ބަންދު ކުރުމަށް ހަނދާންނެތޭ ފަހަރު ވެސް އާދެއެވެ. މިއީ ކާބޯތަކެތިން ކުރެވޭ އިސްރާފު މަދުކުރުމަށް ސަމާލުކަން ދެވިދާނެ ބައެއް މަދު އެހެނަސް އޭގެ ސަބަބުން އެތައް ކަމަކަށް ހައްލު ލިބިގެން ދާނެ ކަންކަމެވެ.

އަހަރެމެން މުސްލިމުންނަށް ދެން އެންމެ ގިނައިން ކާބޯތަކެތީގެ އިސްރާފު ކުރެވޭ މަހަކަށް ވެގެން ދާނީ ހަމަ ގައިިމުވެސް ބަރަކާތްތެރި ވެގެންވާ ރޯދަ މަހުގައެވެ. އެގޮތުން ރޯދަ މަހުގައި އަހަރެމެންނަށް ހާއްސަ ގޮތެއްގައި ދިވެހިންނަށް ސުފުރާމަތި ފުރާނުލާ ހިތްހަމަ ޖެހުމެއް ނުލިބެއެވެ.

ގިނަ ވައްތަރުގެ ކާބޯތަކެތި ތައްޔާރު ކުރުމުގައި މުޅި ދުވަސް ހޭދަކޮށްލެވެނީ ރޯދަ ވިއްލާގަޑިއަށް އިންތިޒާރު ކުރާ ހާލުއެވެ. ނަމަވެސް ހަގީގަތުގައި މިއީ އަހަރެމެން އަޅުކަމުގައި މަޝްއޫލު ވާންވީ މަހެވެ. ގިނަ ފަަހަރަށް މުޅި ދުވަހު ބުރަކޮށް ތައްޔާރު ކުރާ ކާތަކެތި ވަނީ އިސްރާފަކަށެވެ. އެއީ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ތައްޔާރު ކުރެވޭތީއެވެ. މިކަންކަމަކީ އަހަރެމެން އެންމެން ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމެވެ.

ކޮންމެއަކަސް މި ވަގުތަކީ ކޮވިޑް–19 ގެ ސަބަބުން އެތައް ބަޔަކަށް މާލީ ގޮތުންނާ އަދި މި ނޫން ވެސް ތަފާތު އެކިއެކި ގޮތްގޮތުން ދަތިތައް ކުރިމަތި ވަމުން އަންނަ ތަދު ދުވަސްކޮޅެެކެވެ. މީގެ ކުރިން ވެސް ދުނިޔޭގައި ހައިހޫނުކަމުގެ ސަބަބުން އެތަކެއް ބައެއް މިދުނިޔެ ދޫކޮށް ވަނީ ގޮސްފައެވެ. މިހާރު ވެސް ދަނީ ދަމުންނެވެ.

ނަމަވެސް މި ދުވަސްކޮޅާ ގުޅިގެން ހައިހޫނުކަމުގެ މައްސަލަ ދިމާވެފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ބަނޑުފުރާނަ މުއްތިކޮށްލާނެ ހާލެއް ނެތިފައިވާ އެތައް ބަޔަކު މި ދުނިޔޭގައި އުޅެމުންދާއިރު އަހަރެމެން ދުނިޔޭގެ ކާބޯތަކެތީގެ ދުވަހެއް ފާހަގަ ކުރަމުން އަންނަ އިރު މިކަމާ މެދު ވިސްނާ އެކުދިންގެ ހާލާމެދު ހަމްދަރުދީވެ އަހަރެމެން އެންމެންނަކީ ވެސް ކާބޯތަކެތިން ވިޔަސް އަދި އެހެނިހެން ގޮތްގޮތުން ވިޔަސް އިސްރާފު ނުކުރާ ބަޔަކަށް ވަމާތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް