ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 02:00
ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް ކެއުމުގައި ބްރޮކޮލީ ބޭނުން ކުރުން މުހިންމު ކަމަށް ސިއްހީ މާހިރުން ވިދާޅުވެފައިވޭ
ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް ކެއުމުގައި ބްރޮކޮލީ ބޭނުން ކުރުން މުހިންމު ކަމަށް ސިއްހީ މާހިރުން ވިދާޅުވެފައިވޭ
ކޮންކްރީޓްވޯރޑްޑުރޮބް.ކޮމް
ބްރޮކޮލީއިން ލިބޭ ފައިދާތައް
ބްރޮކޮލީއަކީ ނުކައި ދޫކޮށްލެވޭ ވަރުގެ ތަރުކާރީއެއް ނޫން!
 
ބަނޑުގެ އުދަނގޫތަކުން ދުރުކޮށްދޭ ކަމަށް ވެސް ދިރާސާތަކުން ދައްކާ
 
އޭގެ އިތުރުން ހަށިގަނޑުގައި ހުންނެ ވިހަ ސާފުކުރުމަށް އެހީތެރިވެދޭ
 
ބްރޮކޮލީގައި ހުންނަ މާއްދާތަކުން ކެންސަރުގެ ވަރަށް ގިނަ ވައްތަރުތަކުން ރައްކާތެރި ކޮށްދޭ

ރަނގަޅު ސިއްހަތުގައި ހުރުމަށް ހަށިގަނޑަށް ބޭނުންވާ މާއްދާތައް، އެ ހުންނަން ޖެހޭ މިންވަރެއްގައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ދިރިއުޅުގެ އާދަކާދައާއި ކެއުމުގެ ވައްޓަވާފަޅިއަށް ބަދަލު ގެންނަން ޖެހޭ ފަހަރު ވެސް އާދެއެވެ. އެންމެ ބޮޑަށް ތިމާގެ ހަށިގަނޑަށް ބަދަލު އަންނަނީ ތިމާގެ ކެއުމުގައި ގެންގުޅޭ އުސޫލުތަކުގެ މައްޗަށޭ ބުނިކަމުގައި ވިޔަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް ގިނަ ފަހަރަށް ސިއްޚަތަށް ފައިދާ ހުރި ކާނާތަކާއި ގިނަ މީހުން ދުރެވެ. މިސާލަކަށް ބްރޮކޮލީ ނަގަމާ ހިނގާށެވެ.

ގަދަ ފެހިކުލައެއްގައި ހުންނަ ބްރޮކޮލީއަކީ އާންމުކޮށް ލިބެން ހުންނަ އެއް ތަރުކާރީއެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ބޭނުން ކުރުމަށް މުހިންމު އެހާމެ ފައިދާ ހުރި ތަރުކާރީއެއް ވެސް މެއެވެ. ބްރޮކޮލީން ލިބޭ ސިއްހީ ފައިދާއަށް ބަލާއިރު، ބްރޮކޮލީ ބޭނުންކުރުމަކީ ކެންސަރުގެ ވަރަށް ގިނަ ވައްތަރުތަކުން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.

އެގޮތުން ބްރޮކޮލީ ބޭނުންކުރުމުން ރައްކާތެރިކޮށްދޭ ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި، އުރަމަތީގެ ކެންސަރު، ރަހިމުގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ފުއްޕާމޭގެ ކެންސަރު، މޭގަނޑުގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އަދި ގުރުދާގެ ކެންސަރު ފަދަ ވައްތަރުތައް ހިމެނޭ ކަމަށް ޑރ. އަބްދުލް އަޒީޒު ހަމީދު ވިދާޅުވެފައިވެއެވެ.

ބްރޮކަލީގައި ހުންނަ މާއްދާތަކުގެ ތެރޭގައި ހިމެނޭ ވިޓަމިން ސީ، ސަލްފަރ، އަދި ބައެއް އެމިނޯއެސިޑްތަކަކީ، އެ ބޭނުން ކުރުމުން ހަށިގަނޑުން ވިހަ ސާފުކުރުމަށް އެހީތެރިވެދޭނެ މާއްދާތަކެކެވެ. މިއީ ހަމުގައި ބިހި ނެގުން، ހިރުވައި ކެހުން، މުލިހި ނެގުން ފަދަ ކަންކަމުން ވެސް ދުރުކޮށްދެއެވެ. އަދި ހަމަށް އޮމާންކަމާއި އަލިކަން ބްރޮކޮލީން ގެނެސްދެއެވެ. އެއީ ވިޓަމިން އޭ، ވިޓަމިން ބީގެ ވައްތަރުތައް، ވިޓަމިން ސީ، ވިޓަމިން އީ، އަދި ވިޓަމިން ކޭ ފަދަ ތަފާތު މާއްދާތައް މި ތަރުކާރީގައި ހިމެނޭތީއެވެ.

މީގެ އިތުރުން އިރުގެ އަލީގެ ސަބަބުން ހަމަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާ ގުލޫކަރެފެނިން ބްރޮކޮލީގައި އެކުލެވިގެންވެއެވެ. އެހެންކަމުން އިރުގެ އަލީގެ ސަބަބުން ހަމަށް ލިބޭ ގެއްލުން ވެސް ކުޑަކޮށްދެއެވެ.

ބްރޮކޮލީއަކީ ބަނޑާއި ހަޖަމުގެ ނިޒާމަށް ދިމާވާ މައްސަލަތަކުން ސަލާމަތްކޮށްދޭ ތަރުކާރީއެއް

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް ކެއުމުގައި ބްރޮކަލީ ބޭނުން ކުރުން މުހިންމެވެ. ޚާއްސަކޮށް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. ބްރޮކޮލީގައި ފައިދާ ހުރި ގިނަ މާއްދާތައް އެކުލިވެގެންވާތީ ގައިގައި ވަރުޖެހުމާއި ގިނަ ބަލިތަކާއި ދެކޮޅަށް ހަނގުރާމަކޮށްދިނުމަށް އެހީތެރިވެދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

ބަނޑުގެ އުދަނގޫތަކުން ދުރުވުމާއި، ހިތުގެ ބަލިތަކުކުން ދުރުކޮށްދިނުމާއި، ކަށިތައް ވަރުގަދަވުމާއި، ލޭގެ ޕްރެޝަރު ދަށްކުރުމަށާއި، ލޭމަދުވާ މައްސަލައަށް ވެސް ބްރޮކޮލީ ކެއުމުގައި ރަނގަޅަށް ބޭނުން ކުރާނަމަ ހައްލު ލިބިގެން ދެއެވެ. އަދި ދިފާއީ ބާރު ރަނގަޅު ކޮށްދިނުމާއި، ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ ވިޓަމިންގެ މާއްދާތައް ވެސް މި "ސުޕަރ ވެޖިޓަބަލް" ގައި ހިމެނެއެވެ.

ބްރޮކަލީން ލިބޭ ސިއްހީ ފައިދާތަކަށް ބަލާއިރު، މިއީ ނުކައި ދޫކޮށްލެވޭވަރުގެ ތަރުކާރީއެއް ނޫނެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
13%
88%
0%
0%
0%
0%
ކޮމެންޓް