ކ. މާލެ
|
17 އޮކްޓޯބަރ 2020 | ހޮނިހިރު 15:49
ަޒިންޖިއާންގެ މުސްލިމުންތަކެއް
ަޒިންޖިއާންގެ މުސްލިމުންތަކެއް
ގެޓީ އިމޭޖަސް
ޗައިނާއިން ޒިންޖިއާން ގައި ހިންގާ އަމަލުތައް
ޗައިނާގައި ހިންގަނީ ގަތުލުއާންމާއި ގާތް ކަމެއް: އެމެރިކާ
 
ޗައިނާއިން ދަނީ އެ ވާހަކަތައް ތަކުރާރުކޮށް ދޮގުކުރަމުން

ޗައިނާގެ ޒިންޖިއާން ޕްރޮވިންސުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުން ހިންގަމުންދަނީ ގަތުލުއާންމުކަމާއި ގާތް ކަމެއް ކަމަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރު ވިދާޅުވެއްޖެއެވެ.

''އެއީ ގަތުލުއާންމު ނޫން ނަމަ، އެކަމާއި ގާތް ކަމެއް ޒިންޖިއާން ގައި ހިންގަމުން ދަނީ''އެސްޕެން އިންސްޓިޓިއުޝަން އިން ބޭއްވި އޮންލައިން އިވެންޓެއްގައި ސެކިއުރިޓީ އެޑްވައިޒަރު ރޮބަޓް އޯ ބްރިއެން ވިދާޅުވިއެވެ.

އެމެރިކާއިން ދަނީ ޗައިނާ ސަރުކާރުން ޒިންޖިއާންގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ކަންތައްތަކަށް ފާޑުކިޔަމުންނެވެ. އދ. އިން އަންދާޒާކުރާ ގޮތުން މިލިއަނެއްހާ ޒިންޖިއާންގެ މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ދަނީ ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ.

އެކަމަކު ޗައިނާއިން ދަނީ އެ ވާހަކަތައް ދޮގުކުރަމުންނެވެ. އަދި ބުނަނީ އެ ތަނުގައި ދިރިއުޅޭ މީހުންނަށް ހިންގަނީ ހަރުކަށިކަމާއި ދެކޮޅަށް ވޮކޭޝަނަލް ޓްރެއިނިންގތަކެއް ކަމަށެވެ.

އުއިގަރ މުސްލިމް އަންހެނުންގެ ބޯލުގެ އިސްތަށި ބާލުވައި އެ އިސްތަށިން ''ހެއާ ޕްރޮޑަކްޓްސް'' ހަދައި އެ ތަކެތި އެމެރިކާއަށް ވިއްކަމުންދާ ކަމަށްވެސް ވަނީ ރިޕޯޓްތައް ކޮށްފައެވެ. އެމެރިކާގެ ކަސްޓަމުން ބުނީ، ޖޫން މަހު އިންސާނުންގެ ބޮލުގެ އިސްތަށި ބޭނުންކޮށްގެން ޗައިނާއިން އުފައްދާފައިވާ ''ހެއާ ޕްރޮޑަކްސްޓްސް'' ތަކުގެ ޝިޕްމެންޓުތަކެއް އަތުލާގަނެފައިވާ ކަމަށެވެ.

ޖޫން މަހު އެމެރިކާގެ ސްޓޭޓް ސެކެޓްރީ މައިކް ޕޮމްޕިއޯ ވަނީ ޒިންޖިއާން މުސްލިމުންނަށް ދަރިން ލިބުމުން މަހުރޫމް ކުރުމުގެ ގޮތުން އެ މީހުންގެ އެބޯޝަން ހައްދާ ވާހަކަތަކަކީ ދަތި އަދި އެހާމެ ހައިރާންވާ ފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
9%
91%
0%
0%
ކޮމެންޓް
17 އޮކްޓޯބަރ 2020 | ހޮނިހިރު 23:46
އަހުރެނ
ޗައިނާ ގައި ހިންގާ ކަންކަމުގެ ވާހަކަ ދެއްކުމަކީ އިންޑިއާއިން މިރާއްޖެ އަޅުވެތި ކުރަން ނޫޅޭ ނަމުގެ ހެއްކެއް މޫނެވެ. ނޫސްވެރިން ގައުމަށް ގައްދާރުވާނީ މިވަރަކަށެވެ
17 އޮކްޓޯބަރ 2020 | ހޮނިހިރު 19:24
ހުދު ހަން
އިޒުރޭލުން ފިރުމަނީ ތޯ؟