ކ. މާލެ
|
17 އޮކްޓޯބަރ 2020 | ހޮނިހިރު 01:57
ތައިލޭންޑުގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން
ތައިލޭންޑުގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން
ރޮއިޓަރސް
ތައިލޭންޑްގައި ކުރަމުންދާ މުޒާހަރާތައް
ސަރުކާރުގެ އަމުރަށް ނުކިޔަމަންތެރިވެ ތައިލޭންޑުގައި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާކޮށްފި
 
ރަސްކަމުގެ ބަދަލުގައި ޑިމޮކްރެޓިކް ނިޒާމުން ގައުމު ހިންގުމަށް ގޮވާލަމުން
 
މުޒާހަރާ ކުރަމުންދަނީ ހުދުމުހުތާރު ވެރިކަމެއް ކަމަށް ބުނެ

ތައިލޭންޑުގައި މިހާރު ކުރަމުން ގެންދާ މުޒާހަރާގެ ސަބަބުން އެ ގައުމުގެ ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ވެސް ސަރުކާރުގެ އަމުރަށް ނުކިޔަމަންތެރިވެ ތައިލެންޑުގައި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާކޮށްފިއެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ އެގައުމުގެ ވެރިރަށް ބެންކޮކްގައި ކުރިޔަށް ގެންދާ މުޒާހަރާ ވަރުގަދަ ކުރުމުން ކަމަށެވެ. ނަމަވެސް އަމުރަށް ނުކިޔަމަންތެރިވެ އެތައް ހާސް ބަޔަކު މަގުތަކަށް ނިކުތުމުން ފުލުހުން ވަނީ ރަޔަޓު ގިޔަރުގައި ނިކުމެ މުޒާހަރާހެ ބައިވެރިންނާއި ކުރިމަތިލާފައެވެ.

އެގޮތުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕްރެޝަރުގައި ފެން ޖަހާފައިވާއިރު، މުޒާހަރާކުރާ މީހުން ވަނީ މިކަމުން ސަލާމަތްވުމަށްޓަކައި ކުޑަ ބޭނުންކޮށްފައެވެ.

އެތައްހާސް ފުލުހުން ރަޔަޓް ގިޔަރުގައި ނިކުތް އިރު މި މުޒާހަރާތަކުގައި ބެންކޮކްގެ އޮފީސްތަކުގެ މުވައްޒަފުންނާއި، ފިހާރަތައް ހިންގާ ފަރާތްތަކާއި ސްކޫލުތަކުގެ ކިޔަވާ ދަރިވަރުންވަނީ ބައިވެރިވެފައެވެ. ތައިލޭންޑު ސަރުކާރުން ވަނީ ފަސްމީހުންނަށް ވުރެ ގިނައިން އެއްވެ ނޫޅުމަށް އަންގާފައެވެ.

މުޒާހަރާގެ ބައިވެރިން އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީސް ކުރިމަތީ މުޒާހަރާ ކުރަމުން އަންނަ އިރު މުޒާހަރާގެ ބައިވެރިން ގޮވަމުން ގެންދަނީ ތައިލޭންޑުގެ ރަސްކަން ހުދުމުހުތާރު ކަމަށާއި، ރަސްކަމުގެ ބަދަލުގައި ޑިމޮކްރެޓިކް ނިޒާމުން ގައުމު ހިންގުމަށް ގޮވާލާކަމަށެވެ.

މީގެ ކުރިން ތައިލޭންޑްގައި ވަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ވެސް އިއުލާން ކޮށްފައެވެ. ތައިލޭންޑްގެ ފުލުހުން ބުނީ މިހާރު ކުރާ މުޒާހަރާ ހުއްޓުމަށް ގޮވާލާ ކަމަށާއި، އެހެން ނޫންނަމަ ބާރުގެ ބޭނުން ހިފަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މުޒާހަރާ ކުރާ މީހުން ސިއްހަތަށް އިސްކަން ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
50%
0%
0%
25%
25%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި