ކ. މާލެ
|
17 އޮކްޓޯބަރ 2020 | ހޮނިހިރު 06:59
އަކްޝޭ ކުމާރު އަދި މަނޫޝީ ޗިއްލަރު
އަކްޝޭ ކުމާރު އަދި މަނޫޝީ ޗިއްލަރު
ޕިންކު ވިލާ
ބޮލީވުޑް
މިސް ވޯލްޑް މަނޫޝީގެ ފުރަތަމަ ފިލްމް "ޕްރިތްވިރާޖް"ގެ ޝޫޓިންތައް އަލުން ފަށަނީ
 
ފިލްމްގައި މަނޫޝީ ފެނިގެންދާނީ ސައްޔޯގީތާގެ ރޯލުން
 
ޝޫޓިންތައް އަލުން ފެށުމާއި ގުޅިގެން މަނޫޝޫ ހުރީ ވަރަށް އުފަލުން

ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު 2017 ވަނަ އަހަރު ހާސިލްކޮށްފައިވާ މަނޫޝީ ޗިއްލަރު އާއި އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމް "ޕްރިތްވިރާޖް"ގެ ޝޫޓިންތައް އަލުން ފަށައިފި އެވެ.

އަކްޝޭ މި ފިލްމްގެ ޝޫޓިންތައް ފަށާފައި މިވަނީ އޭނާގެ އަންނަން އޮތް އަނެއް ފިލްމް "ބެލް ބޮޓަމް"ގެ ޝޫޓިންތައް ނެގުމަށްޓަކައި ޔޫކޭއަށް ދިއުމަށްފަހު އެނބުރި އައުމަށްފަހުގައެވެ.

މީގެ ކުރިން ގިނަ ބައިތަކެއް ޝޫޓްކޮށްފައިވާ "ޕްރިތްވިރާޖް"ގެ ޝޫޓިންތައް އަލުން ފަށާފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން އެތައް މަސްތަކެއްވަންދެން ޝޫޓިންތައް މެދުކެނޑިފައި އޮތުމަށްފަހުގައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި އަކްޝޭ އާއި މަނޫޝީ ފެނިގެންދަނީ ތަނެއްގައި އިށީންދެ ވަރަށް ހެވިފައި ތިއްބައެވެ.

ކޮންމެއަކަސް މި ފިލްމްގެ ޝޫޓިންތައް އަލުން ފެށުމާއި ގުޅިގެން މަނޫޝޫ ހުރީ ވަރަށް އުފަލުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޔަޝްރާޖު ފިލްމްސް އިން އުފައްދާ މި ފިލްމަކީ ޗަހާމަނާ ރާޖްޕުތް ކިންގް ޕްރިތްވިރާޖް ޗައުހަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ. މި ފިލްމްގައި މަނޫޝީ ފެނިގެންދާނީ ސައްޔޯގީތާގެ ރޯލުންނެވެ.

މި ފިލްމްގައި މިހާރު ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުންދާ ސަންޖޭދަތުވެސް ފެނިގެންދާނެ އެވެ.

ދިވާލީ އަށްފަހު ފިލްމްގެ ޝޫޓިންތަކުގައި ސަންޖޭ ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް