އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ސިމްބޮލިކް ރެކޯޑްސް

ސިމްބޮލިކް ރެކޯޑްސްއިން އޮޅުވާލާފައިވާ ކަމަށް ބުނާ ވާހަކަތައް ލަވަފޮށިން ދޮގުކޮށްފި

  • ސިމްބޮލިކް ރެކޯޑްސްއަކީ ރާއްޖޭގެ ފުރަތަމަ ރެކޯޑް ލޭބަލް
  • ހަގީގަތާ ހިލާފު މައުލޫމާތު ހަބަރުގައި ހިމަނާފައި އޮތުމުން ލަވަފޮށިން ވަނީ އެކަން ކުށްވެރި ކޮށްފައި
  • ލަވަފޮށިން ދައްކާ ގޮތުން އެ ޕްލެޓްފޯމްގައި އެންމެ މަގުބޫލީ ސިމްބޮލިކްގެ އާޓިސްޓުން

ކ. މާލެ | 17 އޮކްޓޯބަރ 2020 | ހޮނިހިރު 02:14 | 4,089

ސިމްބޮލިކް ރެކޯޑްސްއިން ޝޯވ އެއްގައި ޕާފޯމްކުރަމުން ދަނިކޮށް - ސިމްބޮލިކް ރިކޯޑްސް

މަޝްހޫރު ހިޕްހޮޕް ލޭބަލް، ސިމްބޮލިކް ރެކޯޑްސްގެ ލަވަތަކަށް ލިބިފައިވާ ހިޓުތަކަކީ އޮޅުވާލައިގެން ހޯދާފައިވާ ހިޓުތަކެއް ކަމަށް "ދޯއެމްވީ" ގައި ޝާއިއުކުރި ވާހަކަތައް ލަވަފޮށިން ދޮގުކޮށްފިއެވެ.

"ދޯއެމްވީ" ގައި ތުހުމަތު ކޮށްފައިވަނީ ލަވަފޮށީގައި، މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒް ބަލިކޮށް ވައްޓާލީ ސިމްބޮލިކުން ބޮޓްތަކެއް ބޭނުން ކޮށްގެން ކަމަށާއި، ސިމްބޮލިކްގެ ރެޕް އާޓިސްޓް މުހައްމަދު މާހިދު (މާޓު) ވައްޓާލާ ލަވަ ފޮށީގެ އެއްވަނައަށް ހަމަ އެ ލޭބަލްގެ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) އައިސްފައިވަނީ "ބޮޓް" ބޭނުންކޮށް ފޭކް ޕްލޭތަކަކާއި އެކުގައި ކަމަށެވެ.

"ރާއްޖެއެމްވީ" އަށް ދިން ހާއްސަ އިންޓަރވިއުގައި ސިމްބޮލިކްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުހައްމަދު (އޭޑީ) ވިދާޅުވީ އެ ހަބަރަކީ ހަގީގަތް އޮޅޭނެހެން ލިޔެފައިވާ ހަބަރެއް ކަމަށާއި، އަދި ލަވަފޮށީގެ އެޕްލިކޭޝަން ރަން ކުރާ ގޮތް ބަލާލައިފިނަމަ އެކަން ހާމަވާނެ ކަމަށް ކަމަށެވެ.

އެއާއިއެކު ލަވަފޮށިން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ލަވަފޮށިން ބުނެފައިވަނީ ލަވަފޮށީގެ އެއްވެސް އާޓިސްޓަކު ނުވަތަ އެއްވެސް ލޭބަލަކުން މިހާތަނަށް ހަގީގަތް އޮޅުވާލާފައިވާކަން ހާމަކޮށްފައި ނުވާނެ ކަމަށެވެ. އަދި ސިމްބޮލިކުގެ އާޓިސްޓުންނަކީ ލަވަފޮށީގެ އެންމެ އުހުގައި ތިބި އާޓިސްޓުން ކަމަށާއި އެކަން އަދިވެސް ބަދަލުނުވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ލަވަފޮށިން ވަނީ ޒިންމާދާރު ކަމާއިއެކު ނޫސްވެރިކަން ކުރުމަށް ގޮވާލާފައެވެ.

ސިމްބޮލިކުން ބޮޓް ބޭނުންކޮށް ލަވަފޮށީގެ އުހަށް އެރިކަމުގެ ތުހުމަތު ކޮށްފައިވާއިރު، އޮންލައިން ޕްލެޓްފޯމް ލަވަފޮށީގެ އިތުރުން ޔޫޓިއުބް އަދި ސައުންޑް ކްލައުޑްގައި ވެސް ސިމްބޮލިކްގެ ލަވަތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.