ކ. މާލެ
|
16 އޮކްޓޯބަރ 2020 | ހުކުރު 14:46
ޔޫކްރެއިން އަކީ 43 މިލިއަން މީހުންގެ އާބާދިއެއް އަޮންނަ ގައުމެއް
ޔޫކްރެއިން އަކީ 43 މިލިއަން މީހުންގެ އާބާދިއެއް އަޮންނަ ގައުމެއް
އޭއެފްޕީ
ކޮވިޑް-19: ޔޫކްރެއިންގެ ހާލަތު ގޯސް
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ޔޫކްރޭންގެ ބައެއް ހޮސްޕިޓަލްތައް ފުރި ބާރުވަނީ!
 
ޔޫކްރޭނަކީ ދުނިޔެއިން 25 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޤައުމު

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ޔޫކްރޭންގެ ބައެއް ހޮސްޕިޓަލްތައް ފުރެމުން އަންނަ ކަމަށް އެ ޤައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ.

ޔޫކްރޭންގެ ހެލްތު މިނިސްޓަރ މަކްސީމް ސްޓެފަނޯވް ވިދާޅުވީ ކޮވިޑް-19 އަށް ޚާއްސަ ކޮށްގެން ޤާއިމްކޮށްފައިވާ ހޮސްޕިޓަލްތައް ފުރި މި ބަލީގައި ހާލު ދެރަވެގެން ގެންދާ މީހުންނަށް ޖާގަ ނުލިބޭ ހާލަތު މެދުވެރިވެދާނެ ކަމުގެ ބިރު މިހާރު ބޮޑުވެފައިވާ ކަމަށެވެ.

މިކަމާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޚާއްސަކޮށް ބައެއް ހޮސްޕިޓަލްތަކުގެ އައިސީޔޫތަކަށް ބާރުބޮޑުވެފައިވާކަމަށެވެ.

ސްޓެފަނޯވް ވިދާޅުވިގޮތުން އޮކްޓޫބަރ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ޔޫކްރޭންގެ އެކި ސަރަޙައްދުތަކުގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު ވިހި ހާހަށްވުރެ އިތުރުވެފައިވާ ކަމަށާއި އަދި މިކަމާއި ގުޅިގެން މިހާރު ބައެއް ސަރަޙައްދުތަކުގައި ހިންގާ ކޮވިޑްއަށް ހާއްސަ ހޮސްޕިޓަލްތަކުގެ 90 އިންސައްތަ ފުރިފައިވާ ކަމަށް ވެސް ސްޓެފަނޯވް ވަނީ ވިދާޅުވެފައެވެ.

ކޮވިޑްގެ ބަލިމަޑުކަން އިތުރުވެ ހާލަތު ގޯސްވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ޔޫކްރޭން ހިމެނޭއިރު އެ ޤައުމުން އިއްޔެ އެކަނިވެ ސް ފަސްހާހަށްވުރެ ގިނަ މީހުންނަށް އަލަށް މި ބަލިޖެހިފައިވެއެވެ. އަދި މިބަލީގައި 73 މީހަކު މަރުވި ކަމަށް ރެކޯޑް ކުރެވިފައިވެއެވެ. މިއަދަދުތަކާއެކު ޔޫކްރޭނުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 281239 (ދެލައްކަ އައްޑިހަ އެއްހާސް ދުވިސައްތަ ތިރީސް ނުވަ) އަކަށްވަނީ އަރާފައެވެ. އަދި މިހާތަނަށް މަރުވި މީހުންގެ އަދަދު 5302 (ފަސްހާސް ތިންސަތޭކަ ދެ) އަކަށް ވަނީ އަރާފައެވެ.

43 މިލިއަން މީހުންގެ އާބާދިއެއް އޮންނަ ޔޫކްރޭނަކީ ދުނިޔެއިން 25 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޤައުމެވެ. ޔޫކްރެއިން އިން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހިގެން މީހަކު ރިޕޯޓް ކޮށްފައިވަނީ މާރޗް 3 ވަނަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް