ކ. މާލެ
|
21 އޭޕްރިލް 2017 | ހުކުރު 03:35
ވަޅުލާފައި އޮތް ކުއްޖާ
ވަޅުލާފައި އޮތް ކުއްޖާ
ގޫގުލް
ދިރިހުރި ކުއްޖަކު ވަޅުލުން
ވިހާފައި މަރާލަން ވަޅުލާފައި އޮތް ކުއްޖަކު 3 ދުވަސް ފަހުން ދިރި އޮއްވާ ކޮނެގެން ނަގައިފި
 
ކުއްޖާ ވަޅުލާފައި އޮތްކަން އެނގުނީ ރޯ އަޑު އިވުމުން
 
ކުއްޖާ ވަޅުލީ މަންމަގެ އަތުން

ވިހެއުމަށް ފަހު، ދިރިހުރި ތުއްތު ފިރިހެން ކުއްޖަކު މަރާލަން އޭނާގެ މަންމަގެ އަތުން ވަޅުލާފައި އޮއްވާ، ވަޅުލިތާ 3 ދުވަސް ފަހުން ކުއްޖާ ދިރިއޮއްވާ، ނަގައިފިއެވެ.

މި ހާދިސާ ހިނގީ ދެކުނު އެފްރިކާގެ ކްވާ ޒޫލޫ ނަޓަލް ޕްރޮވިންސްގައެވެ.

ކުއްޖާ ވަޅުލާފައި އޮއްވާ ފެނުނީ އޭނާ ރޯއަޑު އިވިގެން ބަޔަކަށް ޝައްކު ކުރެވިގެން ގޮސް ރޯއަޑު އިވޭ ދިމާ ހޯދާ ބަލާ ކޮނުމުންނެވެ. ވަޅުލީ ކުއްޖާގެ މަންމަ މަސައްކަތް ކުރާ ލަކުޑި ފެކްޓަރީގެ ގޯތި ތެރޭގައެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ޚަބަރުތަކުގައިވަނީ އެކުއްޖާ އޮތީ ތިލަ ވަޅެއްގެ ތެރެއަށް ލުމަށްފަހު މައްޗަށް ފަސްއަޅާ އޭގެ މައްޗަށް ލަކުޑިތަކެއް ޖަމާކޮށްފައި ފޮރުވާފައެވެ.

ކުއްޖާ ފެނުމުން އެކަން ކުރިކަމަށް ފުލުހުންގެ ގާތު ކުއްޖާގެ މަންމަ ވަނީ އިއުތިރާފް ވެފައެވެ.

އެކަން ކުރި ސަބަބެއް ކަމަށް އޭނާ ބުނީ، ދެވަނަ ކުއްޖަކު ލިބުނުކަން އޭނާގެ މައިން ބަފައިންނަށް އެނގިއްޖެނަމަ ރުޅި އަތުވެދާނެ ކަމަށް ހީވެގެން ކަމަށެވެ.

ތުއްތު ކުއްޖާއަށް މިހާރު ގެންދަނީ ޕޯޓް ޝެޕްސްޓޯން ރީޖަނަލަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގީ ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށް ސައުތުކޯސްޓް ހެރަލްޑް ގައި ވެއެވެ.

ކުއްޖާގެ މަންމަ އިއްޔެވަނީ ކޯޓަށް ހާޒިރު ކޮށްފައެވެ. އަދި އިތުރު ތަހުގީގަށް ޝަރީއަތް ވަނީ މެދުކަނޑާލާފައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް