ކ. މާލެ
|
14 އޮކްޓޯބަރ 2020 | ބުދަ 22:27
ދެވަނަ ފަހަރަށް 23 މީހަކަށް ވަނީ ކޮވިޑު ޖެހިފައި
ދެވަނަ ފަހަރަށް 23 މީހަކަށް ވަނީ ކޮވިޑު ޖެހިފައި
ސައުދީގެޒެޓް
ކޮވިޑް-19 ރީ އިންފެކްޝަން
ދެވަނަ ފަހަރަށް ކޮވިޑު ޖެހުނު މީހުންގެ ތެރެއިން ފުރަތަމަ މީހާ މަރުވެއްޖެ
 
ފުރަތަމަ ފަހަރު ކޮވިޑަށް ޕޮޒިޓިވްވެގެން އެޑްމިޓްކުރީ މި އަހަރުގެ ކުރީކޮޅު
 
މަރުވީ ނެދަލޭންޑް އަންހެނެއް

ދެވަނަ ފަހަރަށް ކޮވިޑް-19 ޖެހުނު ނެދަލޭންޑުގެ އަންހެނަކު އެ ބަލީގައި މަރުވެއްޖެއެވެ.

އެ އަންހެން މީހާ އަކީ ކޮވިޑުގެ ބަލި ދެވަނަ ފަހަރު ޖެހުނު މީހުންގެ ތެރެއިން މަރުވި ފުރަތަމަ މީހާ ކަމަށް ވަނީ ރިޕޯޓް ކުރެވިފައެވެ. ނެދަލޭންޑުގެ މާސްޓްރިޗް ޔުނިވާސިޓީގެ މެޑިކަލް ސެންޓަރުން ރިޕޯޓް ކޮށްފައިވާ ގޮތުން އެ އަންހެން މީހާއަށް ވަނީ ބޯން މެރޯ ކެންސަރު ޖެހިފައެވެ. އޭގެ ސަބަބުން އޭނާގެ ދިފާއި ނިޒާމުގެ ބާރު ވަނީ ދަށްވެފައެވެ.

ކޮވިޑަށް ޕޮޒިޓިވް ވިތާ ދެވަނަ މަސް ތެރޭގައި އޭނާ ގެންދިޔައީ ކީމޯތެރަޕީ ނަގަމުންނެވެ. ފަރުވާ ހޯދަމުންދާތާ ދެ ދުވަސް ތެރޭގައި އުމުރުން 89 އަހަރުގެ އެ އަންހެން މީހާ އަށް ހުން އައުމާއި، ކެއްސުމުގެ އިތުރުން ނޭވާލާން އުނދަގޫ ތަނެއް ދިމާވި ކަމަށް ސީއެންއެން ވަނީ ރިޕޯޓް ކޮށްފައެވެ. އަންހެން މީހާ ދެވަނަ ފަހަރު ކޮވިޑަށް ޕޮޒިޓިވްވީ ދެ ފަހަރުވެސް އެންޓި ބޮޑީ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވި ފަހުންނެވެ. އެ މީހާ މަރުވީ ބަލި ދެވަނަ ފަހަރަށް ބަލި ޖެހުނުތާ ދެ ހަފްތާ ފަހުންނެވެ.

ނެދަލޭންޑުގެ ރިސާޗަރުން ހެދި ރިސާޗުގައިވާ ގޮތުން ނެދަލޭންޑުގެ އަންހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މި އަހަރުގެ ކުރީކޮޅު، ކެއްސުމުގެ އިތުރުން ހުން ހުރުމުންނެވެ. ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ކޮވިޑަށް ޕޮޒިޓިވް ވުމުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ ފަސް ދުވަސް ފަހުންނެވެ.

އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުން ރިސާޗަރުންނާ ހަވާލާދީ ރިޕޯޓް ކޮށްފައިވާ ގޮތުން މުޅި ދުނިޔެއިން ދެވަނަ ފަހަރަށް ކޮވިޑް-19، 23 މީހަކަށް ވަނީ ޖެހިފައެވެ. މި އަންހެން މީހާ ފިޔަވާ އެހެން ހުރިހާ އެންމެން ވެސް ވަނީ ބަލިން ފަސޭހަވެފައެވެ.

"ސީއެންއެން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެވަނަ ފަހަރަށް ކޮވިޑު ޖެހިގެން ރިޕޯޓް ކޮށްފައިވާ ފުރަތަމަ މީހާ އަކީ ހޮންކޮންގެ 33 އަހަރުގެ ފިރިހެނެކެވެ. ދެވަނަ ފަހަރަށް އެ ފިރިހެން މީހާ ކޮވިޑަށް ޕޮޒިޓިވްވީ ފުރަތަމަ ފަހަރަށް ބަލިޖެހުނުތާ ހަތަރު މަސް ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް