ކ. މާލެ
|
14 އޮކްޓޯބަރ 2020 | ބުދަ 23:13
ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރ މެހެބޫބާ
ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރ މެހެބޫބާ
ޓްވިޓަރ
ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރ މިނިވަންކުރުން
އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރ މެހެބޫބާ މިނިވަންކޮށްްފި
 
މެހެބޫބާ ހައްޔަރު ކޮށްފައިވަނީ އެ ސަރަހައްދުގެ އާއްމު ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން

އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު ޖައްމޫ އަދި ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރ މެހެބޫބާ މުފްތީ މިނިވަންކޮށްްފިއެވެ.

14 މަސް ދުވަހަށް ފަހު މެހެބޫބާ މިނިވަން ކޮށްފައިވާއިރު ކުރީގެ ޖަމޫ އަދި ކަޝްމީރުގެ ޗީފް މިނިސްޓަރ އަދި ނެޝަނަލް ކޮންފަރެންސްގެ ރައީ ފާރޫގް އަބްދުﷲ ވަނީ މެހެބޫބާއާ ބައްދަލު ކުރައްވާފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު ހައްޔަރު ކުރި މެހެބޫބާ ހައްޔަރު ކޮށްފައިވަނީ އެ ސަރަހައްދުގެ އާއްމު ސަލާމަތާ ބެހޭ ގާނޫނުގެ ދަށުންނެވެ. އެގޮތުން އެ ގާނޫނުގައި ބުނެފައިވަނީ ކުށެއް ކޮށްފާނެ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހުއްޓުވުމަށްޓަކައި އެއްވެސް ދައުވާއަކާ ނުލައި އެ މީހަކު ގިނަވެގެން ދެ އަހަރުގެ މުއްދަތަކަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ ކަމަށެވެ.

މި ގާނޫނަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނަ އިރު އެމީހުން ބުނަމުން އަންނަނީ އެއީ ސަރުކާރާ ދެކޮޅަށް ފާޑު ކިޔާ މީހުންގެ އަޑު ކަނޑުވާލުމަށް ބޭނުން ކުރާ ގާނޫނެއް ކަމަށެވެ. މިކަމާ ގުޅޭ ގޮތުން މެހެބޫބާ ވިދާޅުވީ ކަޝްމީރަށް ޚާއްސަ އިމްތިޔާޒުތައް ލިބިދޭ މާއްދާ އުވާލުމާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
33%
67%
0%
0%
0%
0%
ކޮމެންޓް