ކ. މާލެ
|
14 އޮކްޓޯބަރ 2020 | ބުދަ 17:47
ކޮންޗަާޓާ ފެރެލް
ކޮންޗަާޓާ ފެރެލް
ޓްވިޓަރ
ހޮލީވުޑް
"ޓޫ އެންޑް އަ ހާލފް މެން" ގެ ތަރި ކޮންޗާޓާ ފެރެލް މަރުވެއްޖެ
 
4 ހަފްތާ ވަންދެން އައިސީޔޫގައި އޮތުމަށްފަހު ޖުލައި މަހުގައި ލޯންގް ޓާރމް ފެސިލިޓީ އަކަށް ބަދަލުކުރި
 
އޭނާ މަރުވީ ޝާރމަން ހޮސްޕިޓަލުގައި އޭނާގެ އާއިލާ ކައިރީގައި ވަނިކޮށް
 
އުމުރުން 77 އަހަރުގެ ތަރި މަރުވެފައި ވަނީ އަންގާރަ ދުވަހު

އެމެރިކާގެ މަޝްހޫރު ސިޓްކޮމް ކަމަށްވާ "ޓޫ އެންޑް އަ ހާލފް މެން" ގެ ސައިޑް ރޯލް އިން ފެނިގެންދިޔަ ތަރި ކޮންޗާޓާ ފެރެލް މަރުވެއްޖެއެވެ.

އުމުރުން 77 އަހަރުގެ ކޮންޗާޓާ ފެރެލް ނުވަތަ ސިޓްކޮމްއިން އާންމުން ދަންނަ ނަމުންނަމަ "ބެރޓާ" މަރުވެފައި ވަނީ އަންގާރަ ދުވަހުގައެވެ. އެނގިފައިވާގޮތުގައި އޭނާ މަރުވެފައި ވަނީ ކާރޑިއެކް އެރެސްޓްއެއްގެ ސަބަބުންނެވެ. ޙަބަރުތައް ބުނާ ގޮތުގައި، އޭނާ މަރުވީ ޝާރމަން އޯކްސް ގައި ހުންނަ ޝާރމަން ހޮސްޕިޓަލުގައެވެ.

ކޮންޗާޓާ އަދި ފިރިމީހާ އާރނީ

ކޮންޗާޓާ މަޝްހޫރު ވެގެން ދިޔަ ސިޓްކޮމް "ޓޫ އެންޑް އަ ހާލފް މެން" ގެ ލީޑް ރޯލް އިން ފެނިގެނދާ ޗާލީ ޝީން ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ޝުއޫރުތައް ފާޅުކޮށްފައެވެ.

އޭނާ ބުނީ ކޮންޗާޓާ އަކީ އޭނާގެ ހިތާވަރަށް ގާތް މީހެއް ކަމަށާއި އޭނާ އެ ސިޓްކޮމް ފެނިގެން ދިޔަ ރޯލްއަށް ދިރުން ގެނެސްދިން ކަމަށް ފާހަގަކުރިއެވެ. އަދި މި ޙަބަރު ލިބުމުން ޝޮކަކަށް ދިޔަ ކަމަށާއި ވަރަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައި ޗާރލީ ފާހަގަ ކުރިއެވެ. ކޮންޗާޓާ ކުޅުނު ރޯލް އަކީ ޗާރލީގެ ހައުސް ކީޕާރގެ ރޯލެވެ.

ޗާރލީ ޝީން ގެ ޓްވީޓް

ޗާލީގެ އިތުރުން ގިނަ ފަންނާނުންތަށް ވަނީ ސޯޝަލް މީޑިއާގައި މިއީ ހިތާމަވެރި ދުވަހެއްކަން ފާހަގަކޮށް ޝުއޫރުތައް ފާހަގަ ކޮށްފައެވެ.

އިތުރު ފަންނާނުންގެ ޓްވީޓްތައް

އޭނާ "ޓޫ އެންޑް އަ ހާލފް މެން" އިން ފެނިގެން ދިޔައީ 2003 ވަނަ އަހަރުން 2015 ވަނަ އަހަރަށެވެ. އަދި އޭނާ އެ ސިޓްކޮމްގައި އަދާކުރި ރޯލަށް އެމީ އެވޯޑްސްގެ "އައުޓް ސްޓޭންޑިން ސަޕޯރޓިންގ އެކްޓްރެސް" އަށް ދެ ފަހަރު ނޮމިނޭޓް ވެސް ވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް