ކ. މާލެ
|
14 އޮކްޓޯބަރ 2020 | ބުދަ 09:43
އެމެރިކާގެ ފާމަޝޫޓިކަލް ކުންފުންޏެއް ކަމަށްވާ އެލީ ލިލީގެ
އެމެރިކާގެ ފާމަޝޫޓިކަލް ކުންފުންޏެއް ކަމަށްވާ އެލީ ލިލީގެ
އެލީ ލިލީގެ އެންޓިބޮޑީ ޓެސްޓް ޓްރަޔަލްތައް މެދުކަނ
ކަންބޮޑުވުންތަކާއި އެކީ އެލީ ލިލީގެ އެންޓިބޮޑީ ޓެސްޓް ޓްރަޔަލްތައް މެދުކަނޑާލައިފި
 
މިއީ މޮނޮކްލޮނަލް އެންޓިބޮޑީ އަކާއި އެންޓިވަޔަރަލް އެއް ކަމަށްވާ ރެމްޑެސެވިއަރ ޓެސްޓުކުރުމަށް ކުރިއަށް ގެންދާ ޓްރަޔަލްތަކެއް
 
ޓްރަޔަލްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަމަކީ އެކުންފުނިން އެންމެ އިސްކަމެއްދޭ ކަން

އެމެރިކާގެ ފާމަޝޫޓިކަލް ކުންފުންޏެއް ކަމަށްވާ އެލީ ލިލީ އިން ކުރިއަށް ގެންދާ އެންޓިބޮޑީ ޓެސްޓް ޓްރަޔަލްތައް މެދުކަނޑާލައިފިއެވެ.

އެމެރިކާގެ ހެލްތު ރެގިއުލޭޓަރުން އެލީ ލިލީގެ އެންޓިބޮޑީ ޓެސްޓް ޓްރަޔަލްތައް މެދުކަނޑާލަން އެންގީ އެޓެސްޓް ތަކުގެ ރައްކާތެރިކަމާއި މެދު ޝައްކު ކުރެވި، ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރުމުންނެވެ.

އެލީ ލިލީގެ ތަރުޖަމާން މޮލީ މެކްކަލީ ވަނީ ޓްރަޔަލްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަމަކީ އެކުންފުނިން އެންމެ އިސްކަމެއްދޭ ކަންކަމަށާއި، ކަންބޮޑުވާ ކަންތައްތަކެއް ޓެސްޓުތަކުގައި ހުރިކަން ފާޅުކުރުމުން ވަގުތުން ޓްރަޔަލްތައް ކުރިއަށް ގެންދުން މެދުކަނޑާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެކްޓިވް-3 ގެ މިޓެސްޓް ޓްރަޔަލްތަކަކީ އެލީ އިން ތައްޔާރު ކޮށްފައިވާ މޮނޮކްލޮނަލް އެންޓިބޮޑީ އަކާއި އެންޓިވަޔަރަލް އެއް ކަމަށްވާ ރެމްޑެސެވިއަރ ޓެސްޓު ކުރުމަށް ކުރިއަށް ގެންދާ ޓްރަޔަލްތަކަކެވެ. މި ޓްރަޔަލްތަކަކީ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ކޮވިޑް-19 އަށް ވެކްސިން ތައްޔާރު ކުރުން އަވަސް ކުރުމަށް ކުރިއަށްގެންދާ އެކްޓިވް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ޓްރަޔަލްތަކެކެވެ.

އެލީ ލިލީގެ އެންޓިބޮޑީ ޓެސްޓްތަކުގެ ޓްރަޔަލްތައް މެދުކަނޑާލާފައިވާ ކަން އެކުންފުނިން ބުނެފައިވާ އިރު، ޖޯންސަންސް އެންޑް ޖޯންސަންސް އިން ތައްޔާރު ކުރަމުން އަންނަ ކޮވިޑް-19 ވެކްސިންގެ ތިން ވަނަ މަރުހަލާގެ ޓްރަޔަލްތަށް މެދުކަނޑާލާފައިވާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ޖޯންސަންސްގެ ޓްރަޔަލްތައް މެދުކަނޑާލާފައި ވަނީ ޓްރަޔަލްގައި ބައިވެރިވި ފަރާތްތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް