ކ. މާލެ
|
13 އޮކްޓޯބަރ 2020 | އަންގާރަ 19:05
ސައިޕްރަސްގެ ޕާސްޕޯޓް
ސައިޕްރަސްގެ ޕާސްޕޯޓް
އޭބީސީ ނިއުސް
ސައިޕްރަސް
އިންވެސްޓް ކޮށްގެން ސައިޕްރަސްގެ ރަށްވެހިކަން ލިބޭ ސްކީމް ވަގުތީ ގޮތުން ހުއްޓުމުކަށް
 
ސްކީމަށް ވަނީ މީގެކުރިންވެސް ޔޫރަޕްގެ ގައުމުތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި
 
ނޮވެމްބަރު 1 އިން ފެށިގެން ސްކީމް ހުއްޓާލަން ވަނީ ނިންމާފައި

ދެ މިލިއަން ޔޫރޯ އިންވެސްޓު ކުރުމުން ސައިޕްރަސްގެ ރައްޔިތުކަމާއި ޔޫރަޕްގެ ގައުމުތަކުގެ ދެމެދު ހިލޭ ދަތުރު ކުރެވޭ ސްކީމް ވަގުތީ ގޮތުން ހުއްޓާލަން ސައިޕްރައިސް ސަރުކާރުން ނިންމައިފިއެވެ.

ސައިޕްރަސް ސަރުކާރުން އާންމު ކޮށްފައިވާ ބަޔާނެއްގައި ނޮވެމްބަރު 1 އިން ފެށިގެން އެ ސްކީމް އެއްކޮށް ހުއްޓާލާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.

އެކަން ނިމުމަކަށް އައިސްފައިވަނީ ކުށުގެ ރިކޯޑް އޮތް ޗައިނާގެ ވިޔަފާރިވެރިއަކަށް ސްކީމް މެދުވެރިކޮށް އެހީވެދޭތަން ފެންނަ ވީޑިއޯ އަށް އަލްޖަޒީރާ އިން އާއްމު ކޮށްފައި ވަނިކޮށެވެ. އެ ވީޑިއޯއިން ސައިޕްރަސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ދެމެތްރިސް ސިލޯރިސް ވެސް ފެނިވަޑައިގަންނަވާއެވެ. މައްސަލަ ތަހުގީގުކޮށް ނިމެންދެން އެކަހެރިވެ ވަޑައިގަތުމަށް އޭނާ ވަނީ ނިންމަވާފައެވެ.

އަލްޖަޒީރާގެ އަންޑަ ކަވަރ ނޫސްވެރިން ކޮށްފައިވާ ވީޑިއޯ ގައި ސައިޕްރަސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އޭނާގެ ނުފޫޒު ބޭނުން ކޮށްގެން ކާކުކަން ނޭނގޭ ވިޔަފާރިވެރިއަކަށް އެހީވެދޭ ތަން ފެނެއެވެ.

މީގެ ހަފްތާތަކެއް ކުރިން އަލްޖަޒީރާ އިން ވަނީ ދަ ސައިޕްރަސް ޕޭޕަރގެ ނަމުގައި 1400 ގަނޑުގެ ޑޮކިއުމަންޓްތަކެއް އާންމު ކޮށްފައެވެ.

އެ ޑޮކިއުމަންޓްތަކުން ދައްކާ ގޮތުން ސައިޕްރަސްއިން ވަނީ އެކި ގައުމުތަކުން ހޯދަމުންދާ ކުށްވެރިންނާއި އިންޓަޕޯލްއިން ހޯދަން އިއުލާން ކޮށްފައިވާ ބައެއް މީހުންނަށް ޕާސްޕޯޓް ދޫކޮށްފައިވެއެވެ.

ޔޫރަޕިއަން ޔޫނިއަންއާ 2004 ވަނަ އަހަރު ގުުޅުނު ސައިޕްރަސް އިން ދަނީ އެ ގައުމަށް ވަކި އަދަދަކަށްވުރެ މަތިން އިންވެސްޓު ކުރާ މީހުންނަށް އެ ގައުމުގެ ޕާސްޕޯޓް ދޫކުރަމުންނެވެ.

އެ ސްކީމަށް ވަނީ މީގެކުރިން ވެސް ޔޫރަޕްގެ ގައުމުތަކުގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް