ކ. މާލެ
|
13 އޮކްޓޯބަރ 2020 | އަންގާރަ 12:21
އެމެރިކާއިން މިހާތަނަށް 8 މީހަކަށް ބަލި ޖެހިފައިވޭ
އެމެރިކާއިން މިހާތަނަށް 8 މީހަކަށް ބަލި ޖެހިފައިވޭ
ބީބީސީ
ކޮވިޑް-19: ދުނިޔޭގެ ހާލަތު
މުޅި ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 38 މިލިއަނަށް ވުރެ މައްޗަށް!
 
މިހާރު ބަލި އެންމެ ހަލުވި މިނެއްގައި ފެތުރެމުން ދަނީ އަވަށްޓެރި އިންޑިއާގައި
 
ޕޮޒިޓިވް ކޭސްތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރަނީ މި ތިން ގައުމުން
 
އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ އެމެރިކާ، ބްރެޒިލް އަދި އިންޑިއާއިން

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 38 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް ދުނިޔެއިން 250,000 އަށްވުރެ ގިނަ މީހުން އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ. މިއާއެކު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 38,042,465 ގައެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އެމެރިކާ، ބްރެޒިލް އަދި އިންޑިއާއިންނެވެ.

އެމެރިކާއިން މިހާތަނަށް 8 މީހަކަށް ބަލި ޖެހިފައި ވާއިރު، އިންޑިއާއިން 7.1 މީހަކަށް ބަލި ޖެހިފައި ވެއެވެ. އަދި ބްރެޒިލްއިން މިހާތަނަށް ޖުމްލަ 5.1 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ރެކޯޑްތައް ދައްކައެވެ. މި ތިން ގައުމުގެ ތެރެއިންވެސް މި ވަގުތު އެންމެ ހަލުވިކަމާ އެކު މި ބަލި ފެތުރެމުން ދަނީ އިންޑިއާގައެވެ.

ޗައިނާގެ ވޫހާންއިން އެންމެ ފުރަތަމަ ފެނުނު ބަލި މިހާރު ގާތްގަނޑަކަށް ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ފެތުރިފައިވާއިރު، މި ބަލި ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދި ބައެއް ގައުމުތަކަށް ވަނީ ދެވަނަ ރާޅެއް އައިސްފައެވެ. މިއީ ވިދިގެން އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް، ގިނަ ގައުމުތަކަކުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް