ކ. މާލެ
|
12 އޮކްޓޯބަރ 2020 | ހޯމަ 22:02
ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައި
ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައި
އިންޑަޕެންޑެންޓްޕްރެސް
ކޮވިޑް-19ގެ ދިރާސާއެއް
ފައިސާ އަދި ބިއްލޫރީގައި 28 ދުވަސް ވަންދެން ކޮވިޑުގެ ވައިރަސް ހަރުލާފައި ހުރޭ: ދިރާސާ
 
ވައިރަސްއާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރެވޭނެ
 
މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 20 ،30 އަދި 40 ޑިގްރީ ސެލްސިއަސްގެ ލެބޯޓަރީއެއްގައި
 
ސްމަރޓް ފޯނުގެ ތަކުގެ ސްކްރީންގައި ހުންނަ ބިއްލޫރީގައި ވެސް ހުރޭ

ކޮވިޑް-19ގެ ވައިރަސް ފައިސާ އަދި ބިއްލޫރީގައި 28 ދުވަސް ވަންދެން ހަރުލާފައި ހުންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގައި މައުލޫމާތު އާންމު ކޮށްފައިވާ ވިރޮލޮޖީ ޖަރނަލްއަކުންނެވެ.

އޮސްޓްރޭލިޔާގެ ނޭޝަނަލް ސައިންސް އެޖެންސީ އިން ހެދި މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން 20 ޑިގްރީ ސެލްސިއަސްގައި ކޮވިޑްގެ ވައިރަސް 28 ދުވަސް ވަންދެން ޕްލާސްޓިކް އިން ހަދާފައި ހުންނަ ފައިސާގެ ނޫޓް، ބިއްލޫރީގައި އަދި ސްމަރޓް ފޯނުގެތަކުގެ ސްކްރީންގައި ހުރެއެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 20 ،30 އަދި 40 ޑިގްރީ ސެލްސިއަސްގެ ލެބޯޓްރީއެއްގައި ކޮންޓްރޯލް އެންވަޔަރަމަންޓެއް ގައެވެ. އަދި ޓެންޕަރޭޗަރ ބޮޑަށް މަތިވި ވަރަކަށް ވައިރަސް މަރުވާން ނެގި ދުވަސް މަދުވި ކަމަށް ދިރާސާ އިން ދައްކައެވެ.

ނޭޝަނަލް ސައިންސް އެޖެންސީގެ ޗީފް އެގްޒެކެޓިވް ލަރީ މަރޝަލް ވިދާޅުވީ މި ދިރާސާގެ ނަތީޖާއިން ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. ވައިރަސް ހަރުލާފަ ހުންނަ މުއްދަތު އެނގުމަކީ ވައިރަސްއާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރެވި ނައްތާލުމަށް ކުރާ މަސައްކަތަށް ލިބޭ ބާރެއް ކަަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އޮސްޓްރޭލިޔާގެ ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެހެން މުއްސަނދި ގައުމުތަކާ އަޅާބަލާއިރު އޮސްޓްރޭލިޔާއިން މި ވައިރަސް ކޮންޓްރޯލް ކުރުމަށް ކާމިޔާބީތަކެއް ހާސިލްކޮށްފައިވެއެވެ.

25 މިލިއަން މީހުންގެގެ އާބާދީއެއް އޮންނަ އޮސްޓްރޭލިޔާގައި މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ 27000 މީހުންނެވެ. އަދި ބަލީގައި މަރުވެފައިވަނީ 898 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް