ކ. މާލެ
|
12 އޮކްޓޯބަރ 2020 | ހޯމަ 11:20
ކޮވިޑް-19 ސާމްޕަލް ލެބޯޓަރީގައި ޓެސްޓް ކުރަނީ
ކޮވިޑް-19 ސާމްޕަލް ލެބޯޓަރީގައި ޓެސްޓް ކުރަނީ
ނިއުސް ފަރސްޓް
ކޮވިޑް-19: ލަންކާގެ ހާލަތު
ލަންކާއިން އާދިއްތަ ދުވަހު އެކަނިވެސް 100ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ
 
ވައިރަސްގެ ސަބަބުން މަރުވެފައިވަނީ 13 މީހުން
 
121 މީހުންނަކީ މިނުވަންގޮޑާ ކްލަސްޓާއާ ގުޅުންހުރި މީހުން
 
ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 4752

ސްރީ ލަންކާއިން އާދިއްތަ ދުވަހު އެކަނިވެސް 100ށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން އާދިއްތަ ދުވަހު 124 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވީ މީހުންގެ ތެރެއިން ތެރެއިން 121 މީހުންނަކީ މިނުވަންގޮޑާ ގާމެންޓް ފެކްޓްރީ ކްލަސްޓަރއާ ގުޅުންހުރި މީހުންނެވެ. ޕޮޒިޓިވްވި އަނެއް ތިން މީހުންގެ ތެރޭގައި ހިމެނެނީ އޮމާންއިން ލަންކާއަށް ދިޔަ މީހަކާއި ކުވެއިތުން ލަންކާއަށް ދިޔަ މީހެކެވެ.

އެއާއި އެކު ލަންކާއިން ކޮވިޑް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 4752ށް އަރާފައެވެ. ލަންކާއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 3307 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މި ބަލީގައި ލަންކާއިން މަރުވެފައިވަނީ 13 މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް