ކ. މާލެ
|
11 އޮކްޓޯބަރ 2020 | އާދީއްތަ 22:16
ބިގްބޮސްގެ އެންމެ ހަގު ބައިވެރިޔާ ޖާން ކުމާރު ސާނޫ
ބިގްބޮސްގެ އެންމެ ހަގު ބައިވެރިޔާ ޖާން ކުމާރު ސާނޫ
ބިގްބޮސް
ބިގްބޮސްގެ އެންމެ ހަގު ބައިވެރިޔަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ދަރި!
 
ބިގްބޮސްގެ ގެއށް ވަނުމަށް ފަހު ޖާނޫ އެންމެ ކަންބޮޑުވަނީ މަންމައާއި ދޭތެރޭ
 
ޖާނޫގެ މަންމައާއި ބައްޕަ ވަކިވީ ޖާނޫއަށް ބަލިވެ އިން އިރު

ބިގްބޮސް 14ގެ އެންމެ އެންމެ ހަގު ބައިވެރިޔެއްގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ދަރި ޖާން ކުމާރު ސާނޫ ބައިވެރިވެއްޖެއެވެ.

ސަލްމާން ޚާން ހުށަހަޅައިދޭ، ޚާއްސަ ރިއާލިޓީ ޝޯވް، ބިގް ބޮސްގެ 14 ވަނަ ސީޒަންގެ ކޮންޓެސްޓެންޓުންގެ ތެރެއިން އެންމެ ހަގު ކޮންޓެސްޓެންޓް ޖާން ކުމާރު އަކީ މަޝްހޫރު ލަވަކިއުންތެރިޔާ ކުމާރު ސާނޫގެ ދަރިއެކެވެ.

ބިގްބޮސްގައި ޖާނޫ ވަނީ އޭނާގެ ދިރިއުޅުމުގެ ބައެއް އަމިއްލަ ވާހަކަތައް ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އޭނާގެ ބައްޕަ އާއި މަންމަ 1994 ވަނަ އަހަރު ވަރިވެފައިވާ ކަމަށެވެ. އަދި އެއަށްފަހު އޭނާއަށް މައެއްގެ އަދި ބަފައެއްގެ ލޯބި ދިނީ ވެސް މަންމަ ކަމަށެވެ.

ބައްޕަ ފަދައިން ލަވަ ކިޔުމުގެ ހުނަރުތައްވެސް ލިބިފައިވާ، ޖާނޫ ބުނެފައިވަނީ އޭނާގެ ކުޑައިރުއްސުރެން އުޅެމުން ދިޔައީ މަންމައާއެކު ކަމަށެވެ.

ބިގްބޮސް އަކީ، އިންޑިއާގެ އެންމެ މަޤްބޫލް އެންމެ ގިނަ ބަޔަކު ބަލާ ރިއާލިޓީ ޝޯވްއަށް ވީއިރު، މިހާތަނަށް ޖުމްލަ 13 ސީޒަނެއްވަނީ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް