ކ. މާލެ
|
11 އޮކްޓޯބަރ 2020 | އާދީއްތަ 15:53
އިންޑިއާ އަކީ ދެވަނަ އަށް ކޮވިޑް-19 އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމު
އިންޑިއާ އަކީ ދެވަނަ އަށް ކޮވިޑް-19 އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމު
އިންޑިއާ ކޮވިޑް
އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7 މިލިއަނަށް
 
މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 867,459 މީހުން
 
6,077,976 މީހުން ވަނީ ބަލިން ރަނގަޅުވެފައި
 
އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7،053,806ށް އަރާފައި

އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހަތް މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ވޯލްޑޮމީޓާސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7،053,806 (ހަތް މިލިއަން ފަންސާސް ތިން ހާސް އަށް ސަތޭކަ ހަ) ކަށް އަރާފައެވެ.

އިންޑިއާ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 6,077,976 (ހަ މިލިއަން ހަތްދިހަ ހަތް ހާސް ނުވަ ސަތޭކަ ހަތްދިހަ ހަ) މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން 108,371 (އެއް ލައްކަ އަށް ހާސް، ތިން ސަތޭކަ ހަތްދިހަ އެއް) މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި މީހުން ހިމެނޭ އިންޑިއާ އަކީ ކޮވިޑް-19 ޖެހުމަށް ފަހު އެންމެ ގިނަ އަދަދަކަށް މީހުން ބަލިން ރަނގަޅުވި ގައުމެވެ. މިވަގުތު އިންޑިއާ އިން ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދަނީ 867,459 (އަށް ލައްކަ ފަސްދޮޅަސް ހަތް ހާސް ހަތަރު ސަތޭކަ ފަންސާސް ނުވަ) މީހުންނެވެ. ކްރިޓިކަލް ކޮންޑިޝަން ގައި އެގައުމުން ފަރުވާ ހޯދަމުން ދަނީ 8,944 މީހުންނެވެ.

އިންޑިއާ އިން ވަނީ މިހާތަނަށް އައިރު، 86,877,242 (އަށްޑިހަ ހަ ހާސް އަށް ސަތޭކަ ހަތްދިހަ ހަތް މިލިއަން ދުވިސައްތަ ސާޅީސް ދެ) ސާމްޕަލް ނަގައިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް