ކ. މާލެ
|
11 އޮކްޓޯބަރ 2020 | އާދީއްތަ 14:40
ފަރަންސޭސްވިލާތުގައި ހެލްތުކެއަރ ވޯރކަރެއް މަސައްކަތްކުރަނީ
ފަރަންސޭސްވިލާތުގައި ހެލްތުކެއަރ ވޯރކަރެއް މަސައްކަތްކުރަނީ
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފްރާންސްގައި އަނެއްކާވެސް ރިކޯޑް އަދަދަކަށް އެއް ދުވަހާ މީހުންނަށް ކޮވިޑް-19 ޖެހިއްޖެ
 
ހުކުރު ދުވަހު އެގައުމުން 20،000ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވޭ
 
ފްރާންސް ހިމެނޭ ގޮތަށް ޔޫރަޕްގެ ގިނަ ގައުމުތަކަކަށް ވަނީ ވައިރަސްގެ ދެވަނަ ވޭވެއް އައިސްފައި

ކޮވިޑް-19 ފަރަންސޭސްވިލާތުން ފެނުނު ފަހުން ފުރަތަމަ ފަހަރަށް އެ ގައުމުގައި އެއްދުވަހާ 26،000ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިއްޖެއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހު އެގައުމުން 26,896 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. މިއާއެކު އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 718،873 މީހުންނަށް އަރާފައެވެ. މިހާތަނަށް މި ބަލީގައި އެ ގައުމުން މަރުވެގެން ރިޕޯޓްކޮށްފައިވަނީ 32,684 މީހުންނެވެ.

ފަރަންސޭސްވިލާތް ހިމެނޭ ގޮތަށް ޔޫރަޕްގެ ގިނަ ގައުމުތަކަކަށް ވަނީ ވައިރަސްގެ ދެވަނަ ރާޅެއް އައިސްފައެވެ. ފަރަންސޭސްވިލާތަށް ބަލާއިރު ފާއިތުވި ހަތަރު ދުވަހު އެ ގައުމުގައި އަލަށް ވައިރަސް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ހުކުރު ދުވަހު އެގައުމުން 20،000ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު އޭގެކުރީ ދެެ ދުވަހު ވަނީ ދުވާލެއްގެ މައްޗަށް 18،000ށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައެވެ.

ފަރަންސޭސްވިލާތުގެ ހެލްތް މިނިސްޓްރީން ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ ލޮކްޑައުންއަށް ފަހު ދިން ލުއިތަކުގެ ސަބަބުން ކަމަށާއި، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް