ކ. މާލެ
|
11 އޮކްޓޯބަރ 2020 | އާދީއްތަ 14:20
ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ޗައިނާ ޑެލިގޭޝަން
ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ޗައިނާ ޑެލިގޭޝަން
ނިއުސް ވަޔަރ
ޗައިނާ-ލަންކާ ގުޅުން
ޗައިނާއިން ލަންކާއަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ
 
ސްރީލަންކާގެ ފޮރިން ރިޒާވު ފުޅާ ކުރުމަށް މަޝްވަރާ ކުރުމަށް ޗައިނާގެ ޑެލިގޭޝަނަކުން ވަނީ ލަންކާއަށް ދަތުރެއްކޮށްފައި
 
މިލޯނު ބޭނުންކުރާނީ ކޮވިޑް-19 އާއި ގުޅިގެން އަޑިއަޅާލާފައިވާ ލަންކާގެ އިގްތިޞާދު ކޮޅަށް ޖެހުމަށް
 
މިލޯން އަނބުރާ ދައްކަންޖެހެނީ 10 އަހަރުގެ ތެރޭގައި

ޗައިނާ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ލަންކާގެ ނޫސްތަކުން ބުނެފިއެވެ.

މި އެގްރިމަންޓްގެ ކަންތައްތައް ހަމަޖެހިގެންދިޔައީ ސްރީލަންކާގެ ފޮރިން ރިޒާވު ފުޅާ ކުރުމަށް މަޝްވަރާ ކުރުމަށް ޗައިނާގެ ޑެލިގޭޓުން ލަންކާއަށް ކުރި ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި މި ޑެލިގޭޝަނާ ދެމެދު ކުރި މަޝްވަރާތަކުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ ޑެލިގޭޝަންގައި އެންމެ އިސްކޮށް ހުންނެވީ ކޮމިއުނިސްޓު ޕާޓީގެ ފަރާތުން ޔަންގް ޖިއާޗީ އެވެ. ޔަންގް ޖިއާޗީގެ މި ދަތުރުފުޅަކީ ޗައިނާގެ އިސް އޮފިޝަލަކު ސައުތް އޭޝިއާގެ ގައުމަކަށް ކޮވިޑް-19 ގެ ޕެންޑަމިކަށްފަހު ދަތުރު ކުރާ ފުރަތަމަ ފަހަރެވެ.

ލަންކާގެ ޓްރެޝަރީ އޮފިޝަލުންނާއި ހަވާލާދީ ލަންކާގެ ނޫސްތަކުގައި ވަނީ މި ލޯން އަނބުރާ ދައްކަންޖެހެނީ 10 އަހަރުގެ ތެރޭގައި ކަމަށެވެ. އަދި ލޯން ބޭނުންކުރުމުގައި ވަކި ކަންކަމަށް ޝަރުތުކޮށްފައިނުވާ ކަމަށްވެސް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި މިލޯނު ބޭނުންކުރާނީ ކޮވިޑް-19 އާއި ގުޅިގެން އަޑިއަޅާލާފައިވާ ލަންކާގެ އިގްތިޞާދު ކޮޅަށް ޖެހުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް