raajjemv logo
ސިޔާސީ ދުނިޔެ
ގައްސާނުގެ ސިޔާސީ ހަޔާތަށް ވެރިވި އަދުރޭގެ ކަޅު ހިޔަނި
 
ޕީޕީއެމްގެ އާންމު މެންބަރުންގެ ކަންބޮޑުވުމަކީ ރައީސް ޔާމީން ޖަލުގައި އޮތުން
 
އަބްދުއްރަހީމް މަސައްކަތް ކުރައްވަނީ ދެ ޕާޓީ އެކުގައި ހިންގަން
 
ޕީޕީއެމްގެ ހިންގުން ގައްސާނަށް ދިނުމަށް މެމްބަރުން ތާއީދުކުރޭ
ނާފިއު ރަޝީދު
30,706
ކ. މާލެ |
11 އޮކްޓޯބަރ 2020 | އާދީއްތަ 01:41
ރައީސް ޔާމީން ގައްސާނަށް ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ ފަތްކޮޅު އަރުވަނީ
ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބާރު ގަދަވެ އިންތަކާއި މިންތަށް ފަޅާލާފައި ނުކުތް ވަގުތެވެ. އެއްބަނޑު ބޭބޭފުޅު މައުމޫން އަބްދުލްޤައްޔޫމް އިންދެވި ރުއް ޖަހައިގަނެ ބޭބެފުޅު ޖަލު ގޮޅިއަށް ފައްތާލި ހިނދެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ހުރިހާ ބާރެއް ނަންގަވާ ތިމަން މަނިކުފާނަކީ ޕާޓީގެ ރައީސް ކަމަށް ނިންމި ވަގުތެވެ. ބޭބޭފުޅާއި އަރިހުގައި ތިބި މީހުންނަށް ހިތުހުރި އެއްޗެއް ގޮވާ އެއޮތް ވަރުގަދަ ޕާޓީ އަމިއްލަ މިލްކިއްޔާތަކަށް ހެއްދެވި ދުވަސްވަރެވެ.

ބޮޑާކަމާއި ކިބުރުވެރި ކަމުގެ ތާޖު އަޅުއްވައިގެން ތަހުތުގައި އިންނެވި ފަސް އަހަރު ނިންމާލެއްވީ ބޮޑު ބޭބޭފުޅާއި އެ އާއިލާގެ އެންމެހާ ބޭފުޅުން ދުރަށް ޖައްސަވައިގެންނެވެ. ކައިރީގައި ގެންގުޅުއްވީ އެމަނިކުފާނު ފަދައިން ތަމްރީނު ވަމުން އައި ބޮޑުބޭބެގެ ދޮށީ ފިރިހެން ދަރިކަލުންނެވެ.

ފަސް އަހަރުގެ ވެރިކަމެއް ނިންމަވާލެއްވުމުގެ ކުރީން ބޮޑުބެބޭ ވިދާޅުވާ ކޮއްކޮއަށް ދިޔައީ ވެރިކަމުގެ ފޮނި ރަހަތަށް ދައްކަވަމުން ފައްކާ ކުރަމުން ދޮންކުރަމުންނެވެ. އިސާހިތަކު ވެރިކަން ނިމި ރާއްޖޭގެ ބައިތުލްމާލުން އެންމެ ބޮޑު ވައްކަމެއްކުރި ބޭފުޅެއްގެ ލަގަބާއެކު، ޖަލުގެ ކުޑަ ގޮޅިއަށް ބޮޑުބޭބެ ފެތުނީއެވެ.

އިންޑިއާގެ އެމްބެސެޑަރާއެކު ޕީޕީއެމްގެ އިސްވެރިން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

މިހާ ހިސާބުން ދެން ކަން ވެގެންދިޔަ ގޮތް އަޑު އައްސަވާލައްވާށެވެ.

އިހު ބުނި ވެރިމީހާގެ ކައިރިން ތަރުބިއްޔަތުވަމުން އައި ދަރިވަރު ރައްޔިތުންގެ މަޖިލީހުގެ ހަތަރު ފާރުން އެތެރެއަށް ވަދެއްޖެއެވެ. ބޮޑުބޭބޭފުޅުގެ ޕާޓީގެ ކަންކަމާ އިސާހިތަކު އިހުނަށްވުރެ ބާރަށް މަސައްކަތް ފައްޓަވައި، ދުރު ހިލޭ މީހުންނާއި ގާތް އެކުވެރީން ޕާޓީއަށް ގެނައުމުގެ މަސައްކަތް މެކުހަށް ޖަހާލިއެވެ. ހުރިހާ ކަމެއްވެސް ބޮޑުބޭބެގެ އިރުޝާދާ އެއްގޮތަށް ގެންދިއުމުގެ މަސައްކަތްތައް ފެއްޓެވިއެވެ. ނަމަވެސް މިކަމަށް މާބޮޑު ކުރިއެރުމެއް ލިބުނުތަނެއް އަދާ ހަމައަށް ވެސް ފެންނާކަށް ނެތެވެ.

ވާނީވެސް އެހެންތާއެވެ. ޕީއެންސީ އޭ ކިޔާ އެކްސްކްރޯ ޕާޓީއެއް ހައްދަވައިގެން އުޅުއްވާ އަބްދުއްރަހީމްގެ ކަޅު ހިޔަނި މިބުނާ ދަރިވަރުގެ ސިޔާސީ ހަޔާތަށް ފުންމާލީއެވެ. އެއާއެކު މިނިކާ ބާޒުތަކާއި، ތަހުތުގެ ފޮނި މީރުކަން ކިރިޔާ ރަހަލާ ހިސާބުގައި ތިބި މީހުންތައްވެސް ފުންމާލީއެވެ. ބޮޑުބޭބެ ވިދާޅުވާ ގައްސާން ފަކީރު ދައްކަވާ ވާހަކަތަކަށް ބެލުމެއްނެތި މިބުނާ ބައިގަނޑު ބައްޕާފުޅު ކުރިން އިންދެވި އަދި ފަހުން ބޮޑުބޭބޭފުޅު ޖަހައިގެންނެވި ރުކަށް އައިސް ތިރި ކުރީއެވެ. އެއާއެކު އެ ރުކަށް ކިރިޔާ ވާރުތަކުރާ މީހާއަށް އޮތް ބާރު ގެއްލި ރުކުގައި ޖެއްސި ބައިގަނޑަށް ބާރުތައް ލިބުނީއެވެ.

ސިޔާސީ ދެ ޕާޓީއެއް ހައްދަވައިގެން އެއް އޮފީހެއްގައި ދެ ޕާޓީ ހިންގަވަމުން، ދެ ޕާޓީގެ އިސް ސަފުގައި އަބްދުއްރަހީމް މަސައްކަތްކުރާވަރާ ގާތަށްވެސް މަސައްކަތް ކުރެވޭނެ ސިޔާސީ ދެވަނަ މީހެއް ނުހުންނާނެއޭ ބައެއް މީހުން ކިޔާތީ އަޑުއަހަމެވެ. އެއީ ތެދެކެވެ. ކުރަމުންދާ މަސައްކަތުގެ އެއްވެސް ފޮނި މީރުކަމެއް ޕާޓީގެ އާންމު މެންބަރުންނަކަށް ނުކުރެއެވެ. ހުރިހާ އަރާމަކާއި ލައްޒަތެއް އަދި ފޮނި މީރުކަމެއް ވެސް އޮތީ ކުރިން ބުނި ރުކުގެ މޯޅިއަށް ސަވާރުވި ބައިގަނޑަށެވެ.

އަބްދުއްރަޙީމާއި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު

ގައްސާން މައުމޫންގެ ސިޔާސީ ހަޔާތަށް އަލިކަމެއް ލިބެން އޮތް ޕާޓީގެ ކަންކަމުގައި އެބޭފުޅާއަށް މާބޮޑު ވާހަކައެއް ދެއްކޭނެ ފުރުސަތެއް ނުލިބެއެވެ. ރައްޔިތުންނާ ބައްދަލުކޮށްލާކަށް ފުރުސަތެއް ނުލިބެއެވެ. ރައްޔިތުންނަށް މެސެޖެއް ދޭން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާލާނެ ފުރުސަތެއް ނުލިބެއެވެ. ކުރެވޭހާވެސް ކަމަކީ ޓްވީޓާއިން ޓްވީޓެއް ކޮށްލުމެވެ. އެހާވެސް އަދުރޭގެ ކަޅު ހިޔަނީ ގައްސާނުގެ ސިޔާސީ ހަޔާތަށް އެޅިފައިވާލެއް ބޮޑެވެ.

ސިޔާސީ ދެ ޕާޓީއެއް އެއްބޭފުޅަކު އިސްވެ ހުންނަވާ ހިންގަވާކަށް ހުދު އެ ދެ ޕާޓީގެ މެންބަރުންވެސް ނޭދެއެވެ. ވަކިން ހާއްސަކޮށް މި ދެ ޕާޓީގެ ލީޑަރޝިޕަކުން ވެސް ނޭދެއެވެ. ނަމަވެސް އަދުރޭގެ ސިޔާސީ ގިބުލަ ކަމަށް ދެކެމުން އަންނަ ކުރީގެ ރައީސް ޔާމީންގެ ހައްގުގައި އެއްގޮތަކަށް ވެސް އަދުރޭ ފޭއަށް ޖެހިވަޑައިގަންނަވާކަށް ނުވިސްނައެވެ. ގައްސާނަށް ޕާޓީގެ ހިންގުން ހަވާލުކުރައްވާކަށް ވެސް ނުވިސްނައެވެ. ދައްކަވަނީ މުޅިންވެސް ހުއްޖަތެވެ. އިސްތިއުނާފް ކޮށްފައިވާ ޔާމީންގެ މައްސަލަ ނިމޭ ގޮތަކަށް ބެލުމަށްފަހު ގައްސާނަށް ޕާޓީ ހަވާލުކުރާނެ ވާހަކައެވެ.

ގައްސާނަށް ޕީޕީއެމްގެ ހިންގުން ހަވާލުކުރުމަށް ޕާޓީގެ ތެރެއިން ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނާއި އާންމު މެންބަރުންވެސް ދަނީ ގޮވާލަމުންނެވެ. ވަކިން ހާއްސަކޮށް ރައީސް ޔާމީންގެ އާއިލާގެ ބޭފުޅުން އެކަމަށް އެދެމުންދާކަން ފާހަގަވެއެވެ. އެބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ރައީސް ޔާމީން ގޮތަށް ތަރުބިއްޔަތުވެފައި ހުރި ގައްސާން ނޫން މީހަކަށް އެ ޕާޓީއެއް ނުހިންގޭނެއެވެ.

އަދުރޭގެ އޮފުކަން ކެނޑި މަޑުމަޑުން ޕީޕީއެމްގެ މެމްބަރުން އެހެން މީހަކު އޮފުކުރާ ވަގުތު އައިސް ޖެހިއްޖެއެވެ. ނޫނީ ފަހަރުގައި ކުރިން ފާހަގަކުރި ގޮތަށް ރުކުގެ މޯޅިއަށް ޖެއްސި ބައިގަނޑު ޕީޕީއެމްގެ ހިންގުމާ ހަވާލުވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ އަބްދުއްރަޙީމަށް ވިސްނިވަޑައިގެން ޕީޕީއެމްގެ ހިންގުން ގައްސާނަށް ހަވާލުކުރައްވާ، ޕީއެންސީ ހިންގުމުގެ ކަންކަމާ އުޅުއްވިއްޔާއެވެ. ދިވެހި މުހާވިރާއެއްގައި އޮވެއެވެ. ދެކަނޑިއަކަށް އެއް އުރައެއްގެ ތެރޭގައި ނޯވެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
12%
އަންތަރީސް ވެއްޖެ
19%
އުފާ ވެއްޖެ
15%
ދެރަ ވެއްޖެ
8%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
46%
ލިޔުން ރަނގަޅު
ކޮމެންޓް
12 އޮކްޓޯބަރ 2020 | ހޯމަ 11:20
އާފިޔާ
މި ލިޔުނު ކުއްޖަކުވެސް ހިތަށް އަރާނެތާ ތިމަންނާ އަކީވެސް ނޫސްވެރިޔެކޭ!
11 އޮކްޓޯބަރ 2020 | އާދީއްތަ 18:43
އާމިރު ކޮއްކޮ
Naappe gui haavaafa ennu miothee report liyaashey kiyain 🤦🏾‍♂️
11 އޮކްޓޯބަރ 2020 | އާދީއްތަ 17:15
ރާގުންޑާ
އަސަރު ކުރާނެ ކަމެއް ނެތް. ފިތުނަ ހަދާނެ ކަމެއް ނެތް. ތީ މި ގައުމުގެ ބާކީ ބައިގަނޑު. ރޭޕިސްތާނު މެދުވެރިކޮށް ވޯޓުންވެސް ވައްކަން ކުރަން ޖެހުނީވެސް އެހެންވެ. ޕީޕީއެމްގެ އަޒުމެއް ނުގުޑާނެ. ލަގޮނޑި ފަޅައިގެންދަނީ އޮތަ! އިންޑިއާ އައުޓް!
11 އޮކްޓޯބަރ 2020 | އާދީއްތަ 09:27
ޙަބީބް
ޣަ އްސާން އަކީ ޕްރެސިޑެންޝަލް މެޓީރި އަލް ހުރި ބޭފުޅެ އް.
11 އޮކްޓޯބަރ 2020 | އާދީއްތަ 06:49
ތިމާ އަށް ނޭގޭ ވާހަކަ ހިތަށް އެރިހައި ގޮތަކަށް ލިޔެ އަދި ތިމާ ރުޅި އަންނަ މީހާ އަށް ނިސްބަތް ކޮށް ތިމާ ހިތައް އެރިހައި ހުތުރު އިލްޒާމް އަޅުވައި ތިމާ ހިތަށް އެރި ކޮންމެ ކަމެއް ވާނެ ކަމަށް ހީކުރުމަކީ ޖާހިލުކަމުގެ އިންތިހާއެވެ.