ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 21:22
ފާއިތުވި ހުކުރު ދުވަހު ރިކޯޑް އަދަދަކަށް ކޮވިޑް-19 ގެ ކޭސްތައް ވަނީ ރިކޯޑް ކުރެވިފައި
ފާއިތުވި ހުކުރު ދުވަހު ރިކޯޑް އަދަދަކަށް ކޮވިޑް-19 ގެ ކޭސްތައް ވަނީ ރިކޯޑް ކުރެވިފައި
ދުނިޔޭގެ ކޮވިޑް-19 ގެ ހާލަތު
ކޮވިޑް ޖެހުނު މީހުންގެ އަދަދު 37 މިލިއަނަށް ވުރެ މައްޗަށް
 
ބައްޔަށް ފަރުވާ ހޯދަމުން ދަނީ 8,191,573 މީހުން
 
27,953,723 މީހުން ވަނީ ބަލިން ރަނގަޅުވެފައި
 
37,219,388 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވިވެފައި

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 37 މިލިއަނަށްވުރެ މައްޗަަށް އަރައިފިއެވެ.

ވޯލްޑޮމީޓާސް އިން އާންމުކޮށްފައިވާ ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތަށް ދައްކާގޮތުން، 37,219,388 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވިވެފައެވެ. އެގޮތުން ބަލި ޖެހުނު މީހުންގެ ތެރެއިން 27,953,723 މީހުން ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 1,074,092 މީހުން މަރުވެފައިވާއިރު، ބައްޔަށް ފަރުވާ ހޯދަމުން ދަނީ 8,191,573 މީހުންނެވެ.

މިހާތަނަށް އައިރު އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ގައުމު، އެމެރިކާ އިން 7,900,654 ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އިންޑިއާ އިން 6,997,852 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ބްރެޒިލް އިން 5,057,190 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ފާއިތުވި ހުކުރު ދުވަހު ރިކޯޑް އަދަދަކަށް ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓްކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައިވާއިރު، ރަޝިޔާއާއި އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނައިރު ޔޫރަޕް ބައްރުން ދުވާލެއްގެ މައްޗަށް އެއް ލައްކަ މީހުންނަށް ބަލިޖެހިގެން ފުރަތަމަ ފަހަރަށް ވަނީ ރިކޯޑް ކުރެވިފައެވެ. އެގޮތުން ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ފްރާންސް އިން އެކަނިވެސް 20،000 މީހުންނަށް ވަނީ ބަލިޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް