ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 16:07
ކިއުކަންބާއިން ހަށިގަނޑަށް ގިނަގުނަ ފައިދާތައް ލިބޭ
ކިއުކަންބާއިން ހަށިގަނޑަށް ގިނަގުނަ ފައިދާތައް ލިބޭ
އިންޑިއާ.ކޮމް
ކިއުކަންބާއިން ލިބޭ ފައިދާ
މޫނުމަތި އުޖާލާ ކުރުމަށް ކިއުކަންބާ ވަރެއް ނެތް!
 
ލޮލުގެ ފަރުވާއަށް ވެސް ކިއުކަންބާ މުހިންމު ދައުރެއް އަދާކުރޭ
 
އެކި ބާވަތުގެ ބިހި ނުވަތަ އެލާޖިކަށް ހައްލު ކިއުކަންބާއިން ލިބޭ
 
ކިއުކަންބާއިން އަވީގެ ހޫނުން ހަންގަނޑު އެނދިޔަނުދީ ސަލާމަތްކޮށްދޭ

ރީތިކޮށް ތިބުމަށް އެންމެން ވެސް ލޯބި ކުރެއެވެ. ޚާއްސަކޮށް ތިމާގެ މޫނު މަތި ރީތިކޮށް ބެހެއްޓުމަށްށެވެ. އެގޮތުން ޚާއްސަ ހަފްލާތަކާއި، ރަސްމިއްޔާތުތަކަށް ތަފާތު ފޭޝަލްތައް ހަދާ މީހުން އުޅެއެވެ. މޫނުމަތި ރީތި ކުރުމަށްޓަކައި އެކި މީހުން އެކި ކަންކަން ކުރަމުންދާއިރު، ތަފާތު އެކި ކެމިކަލްތައް ހިމެނޭ ކްރިމްތައް އުގުޅާ މީހުން ވެސް ވަކި މަދެއް ނޫނެއެވެ. ނަމަވެސް ކެމިކަލެއް ނުހިމެނޭ ގުދުރަތީ އެއްޗެއް މޫނުގައި ބޭނުން ކުރުމަކީ އޭގެ ފައިދާ މާ ބޮޑަށް ކުރާނެ ކަމަކެވެ.

އެގޮތުން ކިއުކަންބާއަކީ ހަންގަނޑަށް ގިނަގުނަ ފައިދާ ލިބޭ މޭވާއެކެވެ. ހަންގަނޑު ރީތިކޮށް ބަހައްޓައި ދިނުމާއި، މޫނުމަތި ތާޒާކަންމަތީގައި ބެހެއްޓުމަށް މުހިންމު ދައުރެއް އަދާ ކުރެއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކިއުކަންބާ އިން ހަންގަނޑަށް އިތުރު އަލިކަމެއް ގެނެސްދިނުމާއި، އަވީގެ ހޫނުން ހަންގަނޑު އެނދިޔަނުދީ ސަލާމަތްކޮށްދެއެވެ. އަދި ހޫނު ގަދަވުމުގެ ސަބަބުން ހަމަށް ލިބޭ ގެއްލުން ކުޑަކޮށްދޭއިރު، ނަގާ އެކި ބާވަތުގެ ބިހި ނުވަތަ އެލާޖިކަށް ހައްލު ކިއުކަންބާއިން ލިބެއެވެ. މީގެ އިތުރުން މޫނުމަތި މޫދަށް ގޮސްގެން ނުވަތަ މާގިނައިރު އަވީގައި ގުޅެގެން އަދާފައިވާނަމަ ވެސް ކިއުކަންބާ މޫނުގައި ހޭކުމުން އަވަހަށް މޫނުމަތީގެ ކުލަ އަލިވެގެންދެއެވެ.

ކިއުކަންބާ މޫނުގައި ކޭހުކުމަށްފަހު 15 ނުވަތަ 30 މިނެޓް ބަހައްޓަން ޖެހޭ

ތަފާތު އެކި ކަންކަމުން މޫނުމަތީގެ ހަންގަނޑަށް ބަދަލު އަންނައިރު މޫސުމަށް އަންނަ ބަދަލުތަކާއި، ދިރިިއުޅޭ މާހައުލު ބަދަލުވުމުން ވެސް ހަމަ އެކިހަލަ އަސަރު ކުރެއެވެ. އެގޮތުން ލޯކައިރި ކަޅުވުމަކީ ވެސް ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލައެކެވެ. ނަމަވެސް ކިއުކަންބާ ބޭނުން ކުރުމުން ލޯކަރި ކަޅުވުމާއި، މޫނުމަތި އޮއިލީވުމާއި، ކުރަކި ވުމާއި އަދި ރޫޖެހުމުން ދުރުކޮށްދެއެވެ. އަދި ކިއުކަންބާއަކީ ލޮލަށް ފަރުވާއެއް ކަމަށްވާއިރު، ލޯ ރަތްވުމާއި ލޮލަށް ވަރުބަލިކަން އިހުސާސް ކުރެވޭނެ ނަމަ، ތުނިކޮށް ކިއުކަމްބާ ފޮއްޗެއް ކަފާލައިގެން ލޯމަތީގައި ބާއްވައިގެން އޮތުމުން ވެސް ވަރުބަލިކަން ގާތްގަނޑަކަށް ބައިގަޑިއިރުގެ ތެރޭގައި ފިލައި، ލޮލަށް އަރާމު ފިނިކަމެއް ގެނެސްދެއެވެ.

ކިއުކަންބާ ބޭނުންކޮށްގެން ހަންގަނޑަށް އެކިގޮތް ގޮތުން ފަރުވާ ދެވޭއިރު، ކިއުކަންބާ މޫނުގައި ކޭހުކުމަށްފަހު 15 ނުވަތަ 30 މިނެޓް ބަހައްޓަން ޖެހެއެވެ. މިގޮތަށް ހަފްތާއަކު މަދުވެގެން ދެފަހަރު އަމަލުކުރާނަމަ ވަރަށް އަވަހަށް ނަތީޖާ ފެންނާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެއީ ކިއުކަންބާގެ %95 ފެން އެކުލެވޭ މޭވާއެއް އަކަށްވެފައި ވިޓަމިން ކޭ އަދި ވިޓަމިން ސީ ވެސް ގިނަ އަދަދަކަށް އެކުލެވިގެންވާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
50%
50%
0%
0%
0%
0%
ކޮމެންޓް